ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރެންޑަމްގައި އިންތިހާބުތަށް އެއްކުރުމާއި ދެކޮޅަށް ވޯޓް ދިނުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ގޮވާލައްވައިފިއެވެެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމާއި ގުޅޭގޮތުން ނަގާ ރިފަރެންޑަމް ވޯޓާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމަކީ ރައްޔިތުން އެދިގެން ކުރާ ކަމެއް ނޫން ކަމަށާއި، މިކަމާ ގުޅޭގޮތުން ނަގާ ރިފަރެންޑަމްގައި ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ. މި ބަދަލު ގެންނަން ސަރުކާރުން އުޅެނީ ވެރިކަމުގެ މުއްދަތު އިތުރުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ޣަފޫރު ތުހުމަތުކުރެއްވިއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ދިވެހި ރައްޔިތުންގެ ކިބައިން އެދެން މި ރިފަރެންޑަމްގައި ނޫނެކޭ ބުނަން. ސަބަބަކީ މި ރިފަރެންޑަމް މި ބާއްވަނީ ގާނޫނު އަސާސީ ބަދަލުކޮށް، ވެރިކަމުގެ މުއްދަތު އިތުރުކުރުމަށްޓަކައި އެކަން ފަސޭހަކުރުމުގެ ބޭނުމުގައި،" ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީއަށް ވީ 17 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، މިފަދަ ބޮޑު ބަދަލެއް ގެންނަންޖެހޭ އެއްވެސް ސަބަބެއް މިހާތަނަށް ފެންނާކަށް ނެތް ކަމަށެވެ. އަދި އިންތިޚާބުތައް އެއްކޮށްލުމުގެ ވާހަކައަކީ ރައްޔިތުންގެ ތެރެއިން އައިސްފައިވާ ޝުއޫރެއް ނޫން ކަމަށާއި، މިއީ ސަރުކާރުން އަމިއްލައަށް ބޭނުންވެގެން ކުރާ ކަމެއް ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"އަޅުގަނޑު މިހާތަނަށް އެއްވެސް ދިވެހި ރައްޔިތަކު މިއިންތިޚާބު އެއްކޮށްލާ ވާހަކަ ދެއްކި އަޑެއް ނާހަން. ރައްޔިތުން އެ ވާހަކަ ނުދައްކާތީ އެ އަޑު ނީވެނީ. ހަގީގަތަކީ އިންތިޚާބުތައް އެއްކޮށްލަން ބުނަންޖެހޭނީ ރައްޔިތުން، ސަރުކާރަކުން ނޫން،" ޣަފޫރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ މައި ދެ އިންތިޚާބު އެއްކުރުމަކީ ރަނގަޅު ނިޔަތެއްގައި ނުވަތަ ރަނގަޅު މަގްސަދެއްގައި ކުރާ ކަމެއް ނޫން ކަމަށާއި، މީގެ އަސްލު ބޭނުމަކީ ސަރުކާރުގެ ބާރުތައް ދިގު މުއްދަތަކަށް ދަންމާލުން ކަމަށެވެ. އެހެންކަމުން، ގައުމުގެ މުސްތަގުބަލަށްޓަކައި މި ރިފަރެންޑަމަށް ދިވެހި ރައްޔިތުން ބޮޑުކޮށް "ނޫނެކޭ" ބުނުމަށް ޣަފޫރު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު