ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރޭގަނޑު ލަސްކޮށްފައި ކެއުމަކީ ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމެކެވެ. ވަކިން ހާއްސަކޮށް ރޭގަނޑު 7:00 ގެ ފަހުން ކެއުން ހުއްޓާލުމަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ގިނަ ޑައިޓް ޕްލޭންތަކުގައި އިރުޝާދު ދެއެވެ. ނަމަވެސް، ސިއްހީ މާހިރުންނާއި ދިރާސާތަކުން ދައްކާ ގޮތުގައި، ބަރުދަން އިތުރުވުމުގެ އަސްލު ގުޅިފައިވަނީ ހަމައެކަނި ކާގަޑިއަކާ ނޫނެވެ.
އަސްލު މައްސަލައަކީ ކާ ގަޑިއަށްވުރެ ބޮޑަށް، މުޅި ދުވަހު ހަށިގަނޑަށް އެތެރެވާ ކެލޮރީގެ މިންވަރެވެ. ބަރުދަން އިތުރުވަނީ ހަށިގަނޑުން އަންދާލާ ކެލޮރީއަށްވުރެ ގިނައިން ކެލޮރީ އެތެރެވާނަމައެވެ. ރޭގަނޑު ލަހުން ކާއިރު ގިނަ ފަހަރަށް އިންސާނާއަށް އިޚްތިޔާރު ކުރެވެނީ ސިއްހަތަށް ފައިދާ ނުކުރާ، ކެލޮރީ ގިނަ "ސްނެކްސް" ނުވަތަ ފާސްޓް ފުޑެވެ. މީގެ އިތުރުން، ޓީވީ ބަލަން އިނދެގެން ނުވަތަ ފޯނާ ކުޅެން އިނދެގެން ކާނަމަ، ކެވޭ މިންވަރު ނޭނގި މާ ގިނައިން ކެވޭ ގޮތްވެއެވެ. މިއީ ބަރުދަން އިތުރުވުމަށް ދިމާވާ އެންމެ ބޮޑު ސަބަބެވެ.
ނިދުމުގެ ކުޑަވަގުތުކޮޅެއް ކުރިން ކެއުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ކާނާ ހަޖަމުކުރުމުގެ ނިޒާމަށް ބައެއް ކަހަލަ ގޮންޖެހުންތައް ކުރިމަތިކުރުވާ ކަމެކެވެ. ރޭގަނޑު ލަހުން ކެއުމުން ހަށިގަނޑުގެ އިންސިއުލިން ރެސިސްޓެންސްއަށް ބަދަލު އައުމުގެ ފުރުސަތު އޮވެއެވެ. މީގެ މާނައަކީ ހަށިގަނޑަށް ލިބޭ ހަކަތަ ރަނގަޅަށް ބޭނުންކުރުމުގެ ބަދަލުގައި، އެ ހަކަތަ ސަރުބީގެ ގޮތުގައި ރައްކާކުރުމަށް ބާރުލިބުމެވެ. އަދި ނިދުމުގެ ކުރިން ބަރުކޮށް ކެއުމަކީ ނިދުމަށް އުނދަގޫވެ، އޭގެ ސަބަބުން އަނެއް ދުވަހު ބަނޑުހައިވާ މިންވަރު އިތުރުކޮށްދޭ ކަމެއްވެސް މެއެވެ.
ނަމަވެސް، ރޭގަނޑު 7:00 ގެ ފަހުން ކެއުމަކީ ކޮންމެހެން ބަރުދަން އިތުރުވާނެ ކަމެއް ނޫނެވެ. މުހިންމީ ކާ އެއްޗެއްގެ ބާވަތާއި އޭގެ މިންވަރެވެ. ރޭގަނޑު ލަސްވާ ފަހުން ބަނޑުހައިވެއްޖެނަމަ، ޕްރޮޓީން ގިނަ ނުވަތަ ފައިބަރު އެކުލެވޭ ކާނާއެއް އިޚްތިޔާރުކުރުން ބުއްދިވެރިއެވެ. މިސާލަކަށް ކުޑަ ގްރީކް ޔޯގަޓްކޮޅެއް ނުވަތަ މޭވާގެ ބާވަތެއް ކެވިދާނެއެވެ.
ބަރުދަން ކޮންޓްރޯލް ކުރުމުގައި އެންމެ މުހިންމީ "ކެލޮރީ ބެލެންސް" އެވެ. ރޭގަނޑު 7:00 ގެ ފަހުން ކެއުން ހުއްޓާލުމަކީ ބައެއް މީހުންނަށް ނަތީޖާ ފެންނަ ކަމަކަށް ވިޔަސް، އެއީ އެ ވަގުތުގެ ފަހުން ކެލޮރީ އެތެރެވުން މަދުވާތީއެވެ. އެހެންކަމުން، ސިއްހަތު ރަނގަޅު ކާނާ ބޭނުންކޮށް، މުޅި ދުވަހުގެ ކެލޮރީއަށް ސަމާލުކަން ދޭނަމަ، ރޭގަނޑު 7:00 ގެ ފަހުން ކެއުމަކުން އެކަނި ބަރުދަނަކަށް ބޮޑު ބަދަލެއް ނާންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު