މާޔޫސްކަމާއި ނުތަނަވަސްކަމުން ފުރިގެންވާ ދިރިއުޅުމެއްގައި އޭނާ ބަންދުވެފައި ހުރި ކަހަލައެވެ. ކޮޓަރީގެ އެ ފަނޑު އަލިކަމުގެ ތެރޭގައި އިނދެ، އޭނާގެ ކުރު ހަޔާތުގެ ފަސްމަންޒަރަށް ނަޒަރު ހިންގައިލިއެވެ. އެ މަންޒަރުގައި އޮތީ ހުސް ނާކާމިޔާބީއެވެ. ކުރިމަތިލީ އެއްވެސް ކަމަކުން ކާމިޔާބީގެ ރަހައެއް އޭނާގެ ނަސީބުގައި ނެތެވެ.
ސްކޫލު ދައުރުގައި ވެސް އޭނާއަކީ އެދެވޭ ކާމިޔާބީއެއް ހޯދޭނެ މީހަކަށް ނުވިއެވެ. ފޮތްތަކާއި ފިލާވަޅުތަކުގެ ތެރެއިން އޭނާގެ ހަޔާތަށް އުޖާލާކަމެއް ނައެވެ. ގޭތެރޭގެ ހާލަތު އޮތީ އެއަށްވުރެ މާ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައެވެ. ކޮންމެ ދުވަހަކު އިވޭ ހަޅޭކުގެ އަޑާއި، އާއިލީ އަރާރުންތަކަކީ އޭނާގެ ހިތް ހަލާކުކޮށްލި ކަންކަމެވެ. ކިޔަވައި ނިމިގެން ވަޒީފާއަކަށް އެދިގެން ދޮރުން ދޮރަށް ހިނގާތާ އަހަރެއް ވެއްޖެއެވެ. ނަމަވެސް، އެއްވެސް ތަނަކުން އޭނާއަށް "އާނ" ބަހެއް ނުލިބުނެވެ.
މި ހުރިހާ ހިތްދަތިކަމެއްގެ ތެރެއިން އޭނާގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބުނީ ނަފްހާގެ ސަބަބުންނެވެ. ނަފްހާއަކީ ނުފޫޒުގަދަ، މުއްސަނދި އާއިލާއެއްގެ ކުއްޖެކެވެ. އެ ދެމީހުންގެ ދެމެދުގައި އުފެދުނު ލޯތްބަކީ އިންތިހާ ދަރަޖައިގެ ގާތްކަމެކެވެ. ނަމަވެސް، އެ ލޯތްބަކަށް ދެ އާއިލާއިން ވެސް މަރުހަބާއެއް ނުކިޔެވެ. މާލީ ތަފާތުތަކާއި އިޖުތިމާއީ ފެންވަރުގެ ސަބަބުން ދެމީހުންގެ ގުޅުމަށް ދެ އާއިލާއިން ވެސް ހުރަސް އެޅިއެވެ. އެ ހަނގުރާމައިގެ ތެރޭގައި އުޅެނިކޮށް، ކުއްލި ގޮތަކަށް ނަފްހާ މި ދުނިޔެއާ ވަކިވީ އޭނާގެ ދިރިއުޅުން މުޅިން އަނދިރިކޮށްލަމުންނެވެ.
ނަފްހާގެ މަރުގެ މައްސަލަ ބޮޑުވެ، ބޮޑު ތަހުގީގެއް ފެށުނެވެ. އެކަމަކު ތަހުގީގުން އިވުނު ޚަބަރަކުން އޭނާގެ ހިތް ކުދިކުދިވިއެވެ. ނަފްހާގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނުނު ކަމަށް ބުނި ބުނުމަކީ އޭނާއަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ދަންނަ ނަފްހާއަކީ އެފަދަ ކަމެއް ކުރާނެ ކުއްޖެއް ނޫނެވެ. މިއީ އޭނާ ބަލިކޮށްލުމަށް ބަޔަކު ރޭވި ރޭވުމެއް ބާވައެވެ؟
އޭނާގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީއެވެ. ހުވަފެންތައް ވިއްސިވިހާލިވެ، އުއްމީދުތައް ފެނަށް ވީއެވެ. ދުނިޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއް އޭނާއަކަށް ނުފެނުނެވެ. އޭނާ ނިންމީ ނަފްހާ ދިޔަ މަގުން، އެ ދުނިޔެއަށް ދާށެވެ. އޭނާ ސައިކަލަށް އަރައި ދުއްވާލިއެވެ. މިސްރާބު ހުރީ ބްރިޖްގެ އެންމެ އުސް ހިސާބަށެވެ. ސައިކަލް ދުއްވަމުން ދިޔައިރު އޭނާގެ ނޭވާ ކުރުވެ، މުޅި ދުނިޔެ ލޯމަތިން ގެއްލެން ފެށިއެވެ. ކުއްލިއަކަށް...... ދެންވީގޮތެއް އޭނާއަކަށް ނޭންގުނެވެ.
"ނަވާޒް... ނަވާޒް..." އެ އަޑާއެކު އޭނާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. ނަމަވެސް މަޑުމަޑުން ލޯ ހުޅުވާލިއެވެ. ހީވީ މުޅި ހަށިގަނޑަށް ކަރަންޓު ސިގްނަލެއް އައިހެންނެވެ. ކުރިމަތީގައި ހުރީ މަންމައެވެ. އޭނާގެ ވަށައިގެން ތިބި މީހުންނަށް ނަޒަރު ހިންގައިލިއެވެ. އޭނާގެ ޢާއިލާ މީހުންނާއި، އެކުވެރިންގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. ކަންވީގޮތް ސާފްވީ މަންމަ ކިޔައިދިނީމައެވެ. ދުއްވާފައިދިޔަ ޕިކަޕެއްގައި ޖެހި އޭނާ އެކްސިޑެންޓްވެ ކޯމާއަށް ދިޔައީއެވެ. މިހާރު އޭގެ ފަހުން 3 ހުކުރު ހަމަވީއެވެ.
އޭނާގެ ވިސްނުން މުޅިން ބަދަލުވެއްޖެއެވެ. އެކަލާނގެ ރަހުމަތުން އުއްމީދު ކަނޑާލުމަކީ ކިހާ ބޮޑު ފާފައެއްކަން އޭނާގެ ހަނދާނަށް އައެވެ. ކިތަންމެ ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހުނަސް، ފުރާނަ ދުއްވާލުމަކީ ހައްލެއް ނޫންކަން އޭނާގެ ސިކުނޑި ގަބޫލުކުރިއެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނައާއެކު އޭނާ އިސްޖަހާލިއެވެ. އާ ހިތްވަރަކާއެކު ދިރިއުޅުމާ ކުރިމަތިލާން އޭނާ އަޒުމް ކަނޑައެޅިއެވެ.
-ނިމުނީ-

ކިޔުންތެރިންގެ ހިޔާލު