ކޯވިޑްްްް-19 އަށް ޓެސްޓް ކުރަމުންދާ ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ތަޖުރިބާ ކުރަނީ؛ ވެކްސިނެއް ކަށަވަރުކުރަން އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާފާނެ ކަމަށް ބުނޭ
ކޯވިޑްްްް-19 އަށް ޓެސްޓް ކުރަމުންދާ ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ތަޖުރިބާ ކުރަނީ؛ ވެކްސިނެއް ކަށަވަރުކުރަން އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާފާނެ ކަމަށް ބުނޭ
ހޫނު މޫސުމަކީ މިހާރު ފެތުރެމުން މިދާ ކޮރޯނާވައިރަހަށް ހައްލެއް ނޫންކަމަށް ސައިންސްވެރިން ބުނެފިއެވެ.

އަންގާރަދުވަހު އެމެރިކާގެ ނެޝަނަލް އެކެޑެމީ އޮފް ސައިންސަސް ކޮމިޓީގެ މެންބަރުން ވައިޓްހައުސްއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހޫނު މޫސުމުގައި ވައިރަސް ފެތުރޭ މިންވަރު ކުޑަކަމަށް ތަފާސް ހިސާބުތަކުން ނުދައްކާކަމަށާއި، ހޫނުމިނުން ވައިރަހަށް އަސަރުކުރިނަމަވެސް ވެކްސިނެއް ނެތުމުން ބަލި ފެތުރުމުގައި މާ ބޮޑު ފަރަގެއް ނުފެންނާނެކަމަށެވެ.

ސައިންސްވެރިން މިހެން ބުނެފައި މިވަނީ މޫސުން ހޫނުވުމާއެކު ވައިރަހަށް ނިމުމެއް އަންނާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށްވެ.

435,160 މީހުން ބައްޔަށް ޕޮޒިޓިވްވެ، ދުނިޔޭގައި ވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އެމެރިކާގައި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 14,797 ގައެވެ. އިއްޔެ އެކަނިވެސް އެމެރިކާގައި 1,922 މީހަކު ވަނީ މަރުވެފައެވެ.

އެމެރިކާގެ ސީޓްލްގައި ހުންނަ ވޮޝިންގޓަން ޔުނިވަރސިޓީގެ އިންސްޓިޓިއުޓް ފޮރ ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަން (އައިއެޗްއެމްއީ) އިން ލަފާކޮށްފައިވާ ގޮތުގައި އެމެރިކާގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މަރުވާނީ މި ފެށޭ ހަފްތާގެ އާދީއްތަ ދުވަހުއެވެ.

އެމެރިކާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު 82,000 އަށް އަރާނެކަމަށް އައިއެޗްއެމްއީ އިން މީގެ ކުރިން ލަފާކޮށްފައިވީނަމަވެސް، މިހާރު އެ އަދަދުވަނީ 60,415 އަށް ތިރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން