14 އަހަރުގެ ކުއްޖަކާއި ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލައެއްގައި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ތ އާއި ލ އަތޮޅަށް ނިސްބަތްވާ ސަރަހައްދުގެ ރަށެއްގައި އެކި ދުވަސްމަތިން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް، ޖިންސީ އަމަލު ހިންގުމަށް ހިތްވަރުދީ، ޖިންސީ ގުޅުން ހިންގަން އުޅުނުކަމުގެ މައްސަލައެއް މިދިޔަމަހުގެ 30 ވަނަ ދުވަހު އެ މުއައްސަސާއަށް ހުށަހަޅާފައި ވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 35 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުކަމަށް ފުލުހުން ބުނެފައި ވެއެވެ. ކުޑަކުދިންނާއިގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން މި މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު