ޗައިނާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވުނަސް ވެކްސިނެއް ނެތި ޤައުމުތައް ހުޅުވާ ނުލުމަށް އިރިޝާދުދޭ
ޗައިނާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވުނަސް ވެކްސިނެއް ނެތި ޤައުމުތައް ހުޅުވާ ނުލުމަށް އިރިޝާދުދޭ
ލޮކްޑައުން އުވާލާ، ގައުމު ހުޅުވާލަން ބޭނުންވާ ގައުމުތަކުންވެސް، ކޯވިޑް-19 އަށް ވެކްސިނެއް އެފެއްދެންދެން އެގައުމުތަކުގައި ވައިރަހުގެ ހާލަތު ވަރަށް ގާތުން ބަލަންޖެހޭނެކަމަށާއި، ހާލަތާއި ގުޅުވައިގެން އެކަށޭނަ ފިޔަވަޅު އަޅަންޖެހޭނެކަމަށް ޗައިނާގެ ހާލަތައް ރިޢާޔަތްކޮށް ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވަރސިޓީ އޮފް ހޮންކޮންގްގައި މަސައްކަތްކުރައްވާ ޕްރޮފެސަރ ޖޯސެފް ޓު ވޫ އިސްނަންގަވައިގެން ކުރި މިދިރާސާއިން ދައްކާގޮތުގައި ޗައިނާގައި ވައިރަހުގެ ބާރު ގަދަކުރާން ފެށުމާއެކު އެގައުމުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ޗައިނާގައި ވައިރަހުގެ ފުރަތަމަ ރާޅު ނިމުމަކަށް ދިޔަނަމަވެސް، ދެވަނަ ރާޅެއްގެ ބިރު އިންތިހާއަށް ބޮޑުކަމަށެވެ.

ޕްރޮފެސަރ ޓު ވޫ ވިދާޅުވީ ބަލި ފެތުރޭ މިންވަރު މަދުވެފައިވީނަމަވެސް ވެކްސިނެއް ނެތި، ފެކްޓްރީތަކާއި، ވިޔަފާރިތަކާއި، ސްކޫލްތައް ހުޅުވާލުމުން ވައިރަސް ފެތުރޭ ބާރުމިން އަވަސްވާނެކަމަށެވެ. މީހުން އެއްވެ އުޅުމާއި، ދަތުރުފަތުރު ކުރުމުގެ ހުއްދަ ދިނުމުން އެހެން ގައުމުތަކުން ބަލި އެތެރެވުމުގެ ފުރުސަތުވެސް ބޮޑުވެގެންދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޗައިނާގައި ކޮންމެވެސް ވަރަކަށް ބަލި ފެތުރުން ކޮންޓްރޯލް ކޮށްފައިވީނަމަވެސް، ރައްޔިތުން އާންމު ދިރިއުޅުމަށް ރުޖޫޢަވުމުގެ ފުރުސަތު މިވަގުތު ދީފިނަމަ އެކެއްގެ ކިބައިން އަނެކަކަށް ބަލިފަތުރާ މިންވަރު އިތުރުވާނެތީ، ސަރުކާރުން މިކަންކަން ވަރަށް ގާތުން ބަލަން ޖެހޭނެކަމަށް ދިރާސާކުރާ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ލާންސެޓް މެޑިކަލް ޖަރނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާ ބިނާކޮށްފައިވަނީ ޗައިނާގައި ވައިރަސް ފެތުރުނުގޮތުގެ މޮޑެލްތަކުގެ އަލީގައެވެ. އެގޮތުން ދިރާސާގެ މޮޑެލުން ދައްކާ ގޮތުގައި ޗައިނާގައި މަރުވި މީހުންގެ އަދަދު އުޅެނީ ބަލިޖެހުނު މީހުންގެ އަދަދުގެ އެކެއް އިންސައްތަ އަށްވުރެ ވެސް ދަށުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން