ރައީސް ޔާމީން ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ވާހަކަފުޅު ދެއްކެވިއިރު އެ ވާހަކަތަކަށް އެންމެ ބޮޑަށް ތާއީދުކުރައްވާ އަތްޖައްސަވަން އެދުވަހު އިންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވަނީ، މިހާރުގެ ސަރުކާރު ހިންގާ ޕީ.ޕީ.އެމް/ޕީ.އެން.ސީ އަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ބައެއް ނޫންކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ސިޔާސަތެއް ނޫންކަމަށް ފާޅުގައި ވިދާޅުވެފައެވެ. އަދި އެ ދުވަހު އެ ވާހަކަތަކަށް އެންމެ ބޮޑަށް ތާއީދުކޮށް އަތްޖައްސަވަން އިންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީކާއީލް އިތުރަށް ވިދާޅުވީ، ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ކެންޑިޑޭޓުންނަކީ މި ނިޒާމާ ބީރައްޓެހި އަދި ނިޒާމު ނައްތާލަން ބޭނުންވާ ބައެއް ކަމަށާއި، އެހެންކަމުން އެފަދަ ބަޔަކަށް ރަށުގެ ތަރައްޤީގެ ބާރުތައް ދޫކޮށްލުމަކީ ބުއްދިވެރިކަމެއް ނޫންކަމަށެވެ.
އޭނާ ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި، އެމް.ޑީ.ޕީގެ "ތިލަފަތަށް" ވޯޓު ދެއްވުމަށް ތިނަދޫގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު