ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް" ފުރިހަމަކޮށްފައިވާ އުޅަނދުތަކަކަށް ހެދުމަށް މަޖުބޫރުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި އިސްލާހުގެ ފުރަތަމަ ކިޔުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.
މި އިސްލާހުގައިވާ ގޮތުން، އެއްގަމު އުޅަނދެއް ދުއްވަންވާނީ އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ އިތުރުން، އެ އުޅަނދަކަށް ނުވަތަ އުޅަނދު ދުއްވި މީހާއަށް ލިބޭ ގެއްލުމަށް ވެސް ބަދަލު ލިބޭ ފަދަ ފުރިހަމަ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުންނެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮންނަނީ ހަމައެކަނި ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދޭ "ތާޑް ޕާޓީ އިންޝުއަރެންސް" އޮތުން މަޖުބޫރުވާ ގޮތަށެވެ. އެހެންކަމުން، މި އިސްލާހު ފާސްވެއްޖެނަމަ، ހުރިހާ އުޅަނދުތަކެއް ވެސް ފުރިހަމަ ކަވަރޭޖް ލިބޭ އިންޝުއަރެންސަކަށް ބަދަލުކުރަން ޖެހޭނެއެވެ.
މަޖިލީހަށް ހުށަހެޅިފައިވާ ބިލުގައި ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީއެއްގައި ހިމެނުން ލާޒިމުވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
1: އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަކަށް ލިބޭ ޖިސްމާނީ ހާނިއްކަ، މަރު ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލުން.
2:އަމިއްލަ އުޅަނދަށް އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ފުރޮޅާލުމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމަށް ބަދަލުދިނުން.
3:އަލިފާނުގެ ހާދިސާތަކާއި، ވައްކަމާއި، ގަސްތުގައި މީހަކު ދޭ ގެއްލުންތަކަށް ޒިންމާވުން.
4:ތޫފާނާއި، އުދައެރުމާއި، ފެންބޮޑުވުން ފަދަ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކަށް ރައްކާތެރިކަން ދިނުން.
5: ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާ އިތުރު ކަންތައްތައް.
މި އިސްލާހު ހުށަހަޅާފައި މިވަނީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ވެސް އާ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ހުށަހެޅި ބިލަކީ މިހާރުގެ ގާނޫނު އުވާލައި، އުޅަނދުތަކާ ގުޅޭ އެންމެހައި އުސޫލުތައް ވަރަށް ތަފްސީލީ ގޮތެއްގައި އެކުލަވާލާފައިވާ ބިލެކެވެ.

ކިޔުންތެރިންގެ ހިޔާލު