ޕީއެންއެފްގެ ފްރަންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ، ޕީއެންއެފުން ބާއްވާ ޖަލްސާތަކަކީ ސަރުކާރަށް ސަނާކިޔުމަށް ބާއްވާ ޖަލްސާތަކެއް ނޫން ކަމަށާއި، މިހާރު އޮތް ޕީއެންސީ ސަރުކާރަށް ތާއީދުކުރަންޖެހޭ އެއްވެސް ސަބަބެއް ފެންނާން ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާ އިރު، ސަރުކާރަށް ސަނާކިޔައިގެން ތިބެންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، އިސްލާހީ މަސައްކަތުގައި ކުރިން އުޅުއްވި ގާސިމް މިއަދު ފެންނާން ނެތް ކަމަށެވެ. އަދި ކާޑެއްދޫ ފަދަ ތަންތަނުން ލިބޭ މަންފާއަކަށްޓަކައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ގޮނޑިތައް ޕީއެންސީއަށް ދިނުމަށް ގާސިމް ގޮވާލައްވަމުންދާ ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ. އަމިއްލަ ނަފްސަށް އިތުބާރެއް ނެތް މިފަދަ ސިޔާސީ ލީޑަރުންގެ ސަބަބުން ގައުމުގެ ހާލަތު ގޯސްވަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕީއެންއެފްގެ މަގްސަދަކީ ހަމައެކަނި ސަރުކާރަށް ފާޑުކިޔުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާ ޕާޓީއެއް ކަމަށެވެ. އަދި ސަރުކާރުން ރަނގަޅު ކަމެއް ކޮށްފިނަމަ އެކަމަށް ތައުރީފު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ޖަލްސާގައި މިހާރުގެ ސަރުކާރުގެ ހިންގުމަށާއި ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް ރައީސް ޔާމީންވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު