ތުރުކީގެ ބިންގޯލް ޕްރޮވިންސްގައި ހިނގި އާދަޔާޚިލާފު ހާދިސާއެއްގައި، އުމުރުން އެންމެ ދެ އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ތުންފަތުގައި ދަތްއެޅި ހަރުފައެއްގެ ގައިގައި ބަދަލުގައި ދަތްއަޅައި އެ ހަރުފަ މަރާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ކުއްޖާ ގޭގެ ގޯތިތެރޭގައި ކުޅެން އުޅުމުގެ ތެރޭގައެވެ. ކުއްޖާ ހަޅޭއްލަވާ އަޑަށް އަވަށްޓެރިން ދުވެފައި ދިޔައިރު، އެ ކުއްޖާ އޮތީ ގާތްގަނޑަކަށް 20 އިންޗި ދިގު ހަރުފައެއް އަނގައިން ހިފަހައްޓައިގެންނެވެ.
އަވަށްޓެރިން ވަގުތުން އެ ކުއްޖާގެ އަނގައިން ހަރުފަ ނައްޓުވައި، ކުއްޖާއަށް ފުރަތަމަ އެހީ ދިނުމަށްފަހު ބިންގޯލް މާބާނިޓީ އެންޑް ޗިލްޑްރަންސް ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން 24 ގަޑިއިރު ވަންދެން އެ ކުއްޖާ މޮނިޓަރުކޮށްފައިވާއިރު، ނަސީބު ރަނގަޅުކަމުން ކުއްޖާގެ ހާލު ރަނގަޅުވެ މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާގައި ދަތްއަޅާފައިވަނީ ވިހަގަދަ ނޫން ބާވަތެއްގެ ހަރުފައެކެވެ.
މި ހާދިސާއާ ގުޅިގެން ކުއްޖާގެ ބައްޕަ މެހްމެދު އާސަން ބުނީ، އޭނާ ވަޒީފާގައި ހުއްޓާ މި ޚަބަރު ލިބުމުން ވަރަށް ބޮޑަށް ސިހުނު ކަމަށާއި، ނަމަވެސް މާތްﷲގެ ރަހުމަތުން ދަރިފުޅު ސަލާމަތްވުމުން އުފާކުރާ ކަމަށެވެ. އަވަށްޓެރިންނާ ހަވާލާދީ އޭނާ ބުނި ގޮތުގައި، ކުއްޖާ އެ ހަރުފައާ ކުޅެން އުޅުމުގެ ތެރޭގައި ހަރުފަ ދަތްއެޅުމުން، ކުއްޖާ ރައްދުގައި ހަރުފަ ގައިގައި ދަތްއެޅީއެވެ. މިއީ ކުޑަކުދިން ބޭރުގައި އުޅޭއިރު ބެލެނިވެރިން ސަމާލުވުމަށް ލިބުނު ވަރުގަދަ ފިލާވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު