މި ސަރުކާރު ހިންގުމުގައި ތިއްބެވި ބޭފުޅުންނަށް މަސައްކަތްތައް ނުކުރެއްވިގެން އުޅޭ ކަމުގެ އެއްވެސް ވާހަކައެއް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނުދައްކާ ކަމަށާއި، އެ ޕާޓީ އޮތީ ސަރުކާރަށް އެއްބާރުލުން ދިނުމުގައި ކަމަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޑރ. އަމީން މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށްގެން ޖުމްހޫރީ ޕާޓީން ބޭއްވި ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޖޭޕީގެ އަމާޒަކީ ރައްޔިތުންގެ ހައްގުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމެވެ.
ހާއްސަކޮށް ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތް ގޮތުންނާއި، ގައުމު ދަރަނީގެ ވަޅުގަނޑެއްގައި އޮތް މި ދަނޑިވަޅުގައި ސަރުކާރަށް އެއްބާރުލުންދީ، ސާބިތުކަމާއެކު ސަރުކާރާއެކު ދެމިތިބުމަކީ ޕާޓީގެ މުހިންމު ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް އިންތިހާބުގެ ސްޓްރެޓެޖީއާ ބެހޭގޮތުން ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ކެނޑިޑޭޓުން ނުނެރޭ ދާއިރާތަކުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މާމިގިލި އާއި ފެންފުށީގެ ރައްޔިތުން ޕާޓީގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ރާއްޖޭގެ މިހާރުގެ ގަވަނިންގ ސިސްޓަމާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އަމީން އަލިއަޅުއްވާލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅި ނިޒާމާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އެބަހުއްޓެވެ. ވަކިން ހާއްސަކޮށް ރަށު ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމުގައި ފެއިލްވެފައިވާ ކަމަށާއި، ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލްސާ ނިންމަވާލައްވަމުން އަމީން ވިދާޅުވީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މަޤްޞަދަކީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުން ކަމަށެވެ. އަދި ޖޭޕީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުންނަކީ އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި، ގައުމުގެ ހަމަޖެހުމާއި މަސްލަހަތަށް ވަކާލާތު ކުރާނެ ބައެއް ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު