ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުން "އަޅުވެތި" ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ވިޔަފާރިތައް ފަށައިގެން ވަޒީފާގެ ފުރުސަތުތައް އުފެއްދުމުގެ ޖާގަ ދިނުމުގެ ބަދަލުގައި، މި ސަރުކާރުން ބޭނުންވަނީ ކުދިކުދި މުސާރަދީގެން ރައްޔިތުން ސިޔާސީ ބޭނުމަށް ހިފަހައްޓައިގެން ބޭތިއްބުމަށް ކަމަށެވެ.
މިއީ ރައްޔިތުން ބާރުވެރިކުރުވުމުގެ ބަދަލުގައި، އެމީހުންގެ މިނިވަންކަން ނިގުޅައިގަތުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މާރިޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ އިޤްތިޞާދީ ހާލަތަށް ބަލާއިރު ފެންނަނީ ހަމައެކަނި ދަރަނި ރީފައިނޭންސް ކުރަމުންދާ މަންޒަރު ކަމަށާއި، ރައްޔިތުންގެ ފައިސާ ހޭދަކުރަނީ ހަގީގީ ތަރައްގީއަށްވުރެ ބޮޑަށް ސިޔާސީ ނުފޫޒު ފެތުރުމަށެވެ.
ވަޒީފާތަކުގައި ތިބޭ މީހުންނަށް އިންތިހާއަށް ބިރުދައްކަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތެއްގެ ފޮޓޯއެއްގެ ކައިރީގައި ހުއްޓާ ފެނުނަސް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ލިބެމުންދާ ކަމަށެވެ. މިއީ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ރައްޔިތުން އަޅުވެތިކަމެއްގައި ބޭތިއްބުމަށް ހިންގާ އަމަލުތަކެއް ކަމަށް ވިދާޅުވެ، މާރިޔާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު