15 މީހުންނާ އެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރި ދޯންޏެއްގައި އަލިފާން ރޯޯވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، 15 މީހުންނާ އެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާން ރޯޯވެފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އަލިފާން ނިވާލުމަށް އެ ސަރަހާއްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ ދޯނީގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

މި ޙާދިސާގެ އަދާހަމަ ޙިއްސާ ކުރަމުން ފުލުހުން ބުނެފައިވަނީ، މި ޙާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި ކުރުނބާ މޯލްޑިވްސް ރިސޯޓްގެ އުޅަނދެއްގައި ދަތުރު ކުރަމުންދާ ކަމަށެވެ.
ހާދިސާގައި އަނިޔާވީ 5 މީހުންނަށް ކަމަށާއި އޭގެތެރޭގައި 2 ދިވެހިންނާއި، 3 ބިދޭސީން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އަނިޔާވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އޭގެއިތުރުން ދޯނިން ދަތުރުކުރީ ކިތައް ދިވެހިން ކަމެއް ވެސް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު