މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނުކުރިއިރު، ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑު އެތައް ފަހަރަކު ހާސިލްކޮށްފައިވާ އައްޒާމް އަލިފުޅުގެ ނަން އުނިކޮށްފައިވާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ދާއިރާގެ ތަޖުރިބާކާރު ނޫސްވެރިންނާއި އާންމުން ދެކޭގޮތުގައި، އައްޒާމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު ނޫސްވެރިޔާއަށް ވީހިނދު، އޭނާގެ ނަން ނޮމިނޭޝަން ލިސްޓުން އުނިކުރުމަކީ މިނިސްޓްރީގެ ތެރޭގައި ސިޔާސީ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެކެވެ. ވަކިން ހާއްސަކޮށް، އައްޒާމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުންދާ 'އަދަދު' ނޫހުގައި މަސައްކަތްކުރާ ނޫސްވެރިއަކަށް ވުމުން، މިއީ ގަސްތުގައި އޭނާއަށް ދިން އަދަބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މި މައްސަލައާ ގުޅިގެން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބުނަމުންދަނީ، ސްޕޯޓްސް އެވޯޑްސްގެ އިންސާފުވެރިކަމާއި ނަޒާހަތްތެރިކަމާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ. އެންމެ މޮޅު ނޫސްވެރިޔާގެ ނޮމިނޭޝަންގައި އެންމެ ދެ ނޫސްވެރިންގެ ނަން ހިމަނާފައި އޮތުމަކީ އެވޯޑުގެ ފެންވަރު ދަށްކޮށްލުން ކަމަށާއި، އައްޒާމް ފަދަ ގާބިލު ނޫސްވެރިއަކު ބާކީކޮށްލުމަކީ މިނިސްޓްރީން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެވެއެވެ. "އައްޒާމް ނެތް ލިސްޓަކީ ފުރިހަމަ ލިސްޓެއް ނޫން" ކަމަށް ބުނެ، ގިނަ ނޫސްވެރިން ވަނީ ސަރުކާރުގެ މި ނިންމުމަކީ ފްރީ ޕްރެސްއަށް ހުރަސްއަޅައި، ތަފާތުކުރުން ގެންގުޅުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން، އެވޯޑުތަކަށް ނޮމިނޭޓް ކުރުމުގައި ސަރުކާރުގެ އިސްވެރިންނާ ގުޅުން ހުރި ފަރާތްތަކަށް އިސްކަންދޭ ކަމުގެ ޝަކުވާތައް ވެސް ވަނީ ފެންމަތިވެފައެވެ. ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ، މިނިސްޓްރީން މަސައްކަތް ކުރަނީ ހަމައެކަނި ސަރުކާރަށް ސަނާކިޔާ ފަރާތްތަކުގެ އަގުވަޒަން ކުރަން ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ގައުމީ ފެންވަރުގެ އެވޯޑުތަކުގެ އަގު ވެއްޓިގެންދާ ކަމަށެވެ. މިއީ ހަމައެކަނި އައްޒާމަށް ދިން ގެއްލުމެއް ނޫން ކަމަށާއި، މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ދިން ވަރަށް ގޯސް މެސެޖެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު