ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި، އެމީހުންގެ އަސްލު ރަށް ނޫން އެހެން ރަށްރަށަށް ރީރަޖިސްޓަރީ ކުރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.
އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ޖެއްސުންކޮށް، އެމީހުންގެ ވޯޓު ކަށަވަރުކުރުމަށްޓަކައި، މުވައްޒަފުން ތިބި ރަށް ނޫން އެހެން ރަށްރަށަށް ރީރަޖިސްޓަރީ ކުރުވުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ.
މިއީ ކައުންސިލް އިންތިޚާބު ގެއްލިދާނެ ކަމުގެ ބިރު ރައީސް މުއިއްޒަށް އޮތް މިންވަރު ހާމަވާ ކަމެއް ކަމައް ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
"މުވައްޒަފުންގެ ވޯޓުލުމުގެ ހައްގު ގެއްލުވާލަން ރައީސް މުއިއްޒު އެހިންގާ ނާތަހުޒީބު އަމަލު ހުއްޓާލުމަށް ގޮވާލަން." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައި ވާއިރު، ފައްޔާޒާއެކު ފޮޓޯތަކަކުން ފެނުނު މައްސަލައަކާ ގުޅިގެން ވެމްކޯގައި ވަޒީފާ އަދާކުރަމުންދާ އެމްޑީޕީގެ ބައެއް މެންބަރުން ވަޒީފާ އަދާކުރާ ރަށް ނޫން އެހެން ރަށްރަށަށް ބަދަލުކުރަމުންދާ ކަމުގެ ޝަކުވާތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ.
އަދި ހަމައެއާއެކު ފެނަކަ އަދި އާރްޑީސީ ފަދަ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވޯޓް ޔަޤީން ކުރުމަށް އެފަރާތްތަކުން މަސައްކަތް ކުރާ ރަށް ނޫން ރަށް ރަށައް ރީރަޖިސްޓްރީ ކުރުމަށް ސަރުކާރުން މަޖުބޫރު ކުރުވަމުން ގެންދާ ކަމަށްވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު