މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް އިތުރުވެ، ހައްދުން ނައްޓާފައިވާ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެޅުމަށް ކުރި ކެޕިޓަލް ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި، ސްރީލަންކާގެ ބޭންކުތައް ހިމެނޭހެން އެމްއޭސީއެލްއިން 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ) ގެ ލޯނެއް ނެގުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، މިއީ އެއާޕޯޓުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ފޫބެއްދުމަށް ނަގާފައިވާ ލޯނެއް ކަމަށެވެ.
އެމްއޭސީއެލްގެ ހިންގުމަށް ފާޑުވިދާޅުވަމުން މަލީހް ވިދާޅުވީ، އެ ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ ކަންކަން ކަމަށްވާ ބިން ހިއްކުމާއި، ޖިމް އެޅުމާއި، ދަނޑު ހެދުމުގެ އިތުރުން އަތޮޅުތެރޭގެ އެއާޕޯޓުތައް އެޅުމަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ ކަމަށެވެ. އަދި ޑްރޯން ޝޯތަކަށާއި، ވަޒީފާއަށް ނުކުމެ ފިންގާ ނުޖަހާ މުވައްޒަފުންނަށް މުސާރަ ދިނުން ފަދަ ވިޔާނުދާ ކަންކަން ހިންގަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މަލީހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްއޭސީއެލްގެ ތެރޭގައި މިހާރު ހިނގަމުންދާ ކޮރަޕްޝަނަކީ ރިކޯޑު މިންވަރެއްގެ ކަންކަމެވެ. އަދި މިއީ ކުރީގެ އެފްޕީއައިޑީގެ ދުވަސްވަރުވެސް ކޮރަޕްޝަން ނުހިންގާ މިންވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ވަގުތުން މަގާމުން ވަކިކޮށް، ހިންގާފައިވާ ބޮޑެތި ގޯސްތައް ތަހުގީގު ކުރުމަށް މަލީހް ވަނީ ގޮވާލައްވާފައެވެ.
"ޝަރީފަށް ހެދުނު ބޮޑު ގޯހަކީ ޕްރޮފެޝަނަލިޒަމް ދޫކޮށް މުއިއްޒު ވިދާޅުވާ ވިޔާނުދާ ކަންކަން ކުރަން ފެށުން. މިހާރު މިއޮތީ ޕޮއިންޓް އޮފް ނޯ ރިޓާންގައި،" މަލީހް ވިދާޅުވިއެވެ.
މީގެ އިތުރުން މަލީހް ވިދާޅުވީ، އެއާޕޯޓަކީ ލޯނު ދެއްކޭނެ ފަދަ މާލީ ތަނަވަސްކަން ހުރި ތަނެއް ކަމަށާއި، ނަމަވެސް ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން މިފަދަ ހާލަތަކަށް ކަންކަން ގޮސްފައިވާ ކަމަށެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށްވެސް އޭނާވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު