މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދާ ދެއްކެވި ވާހަކަތަކަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
މެންބަރު ސައުދާ މަޖިލީހުގައި އިއްޔެ ވިދާޅުވެފައިވަނީ މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޭޔަރު އުނދަގޫ ކުރައްވާ ކަމަށެވެ.
މިކަމާ ގުޅިގެން އާޒިމް ވިދާޅުވީ، މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބަވައި، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ހެއްދެވުމަކީ ރައްޔިތުންނަށް އޮޅޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރަކީ ކުޅޭކުޅޭ އެއްޗަކަށް ނުހެދުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން، މިސްކިތްތަކަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިހާރުގެ ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް މޭޔަރު އާޒިމް ތުހުމަތު ކުރެއްވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައާއި މިހާރުގެ ކައުންސިލުން މިސްކިތްތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ކުރިން ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު މިސްކިތްތައް ސާފުކުރަން ބޭރު މީހުން ބޭނުންކުރި ނަމަވެސް، މިހާރު އެ މަސައްކަތް ކުރަނީ މުޅިންވެސް ދިވެހި މުވައްޒަފުން ކަމަށް އާޒިމް ވިދާޅުވިއެވެ. މިސްކިތްތަކުގެ ކަންކަން އެންމެ ރަނގަޅަށް ބަލަހައްޓަނީ މިހާރުގެ ކައުންސިލުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު