އަންނަ ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވީހާ ވެސް ގިނަ ބަޔަކު ވޯޓްލާން ނިކުތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ގޮވާލައްވައިފިއެވެ.
ފަސްޓްލޭޑީ މެޑަމް ސާޖިދާ މިކަމަށް ގޮވާލެއްވީ ޕީއެންސީގެ ފަރާތުން މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތް އާންމުކޮށް މަދުކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުތަކުގައި އާންމުކޮށް ވޯޓުލާން ނިކުންނަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތަ މީހުން ކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި ވަރަށް ގިނަ ރައްޔިތުން ވޯޓްލާން ނުޖެހޭ ކަމަށާއި ކޮންމެ މީހަކު އައިސް ހޮވުނަސް އެންމެ ރަނގަޅު ކަމަށް ބުނާ ބުނުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދައްކަނީ ތަރައްގީ އާއި ތަމައްދުނުގެ ވާހަކަ. މި ހުރިހާ ކަމެއް ކުރުމަށްޓަކައި އަޅުގަނޑުމެން އެބަ ބޭނުންވޭ ސަރުކާރާ އެކީ މަސައްކަތް ކުރާނެ ރަނގަޅު ކައުންސިލެއް. އެ ކައުންސިލް ހޯދުމަށްޓަކައި އަޅުގަނޑުމެން މިއަދު ވޯޓުލާން ނުނިކުމެއްޖެ ނަމަ، ހޮވޭނީ ކޮން ބައެއް ކަމެއް ނޭނގޭނެ،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ފަސްޓްލޭޑީ ސާޖިދާ އިތުރަށް ވިދާޅުވީ، ހޮވޭ ފަރާތްތަކަކީ ރަށުގެ ތަރައްގީއާއި ދަރިންގެ މުސްތަގުބަލާ ސީދާ ގުޅިފައިވާ ބައެއް ކަމަށާއި، އެމީހުން ކުރާ މަސައްކަތުގެ ހިއްސާ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން، މިއީ އެންމެންގެ ޒިންމާއެއް ކަމުގައި ދެކި، މިފަހަރުގެ އިންތިހާބުގައި ގިނަ ބަޔަކު ބައިވެރިވެ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
މާފަންނު ދެކުނު ދާއިރާއަށް ޕީއެންސީން ނެރެފައިވާ ކެންޑިޑޭޓުންނަށް ތައުރީފު ކުރައްވަމުން އެކަމަނާ ވިދާޅުވީ، މޭޔަރު ކެންޑިޑޭޓާއި، ކައުންސިލަރު ކެންޑިޑޭޓް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެންޑިޑޭޓުންނަކީ އެ ދާއިރާއަށް ލިބޭނެ އެންމެ ގާބިލު ބޭފުޅުން ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން އެ ދާއިރާގެ ކައުންސިލަށް ހޮވައިދިނުމަށް ސާޖިދާ ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު