މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަމުގައި ރާއްޖޭގައި އެންމެ ފުރަތަމަ ވުޒާރާއެއް އުފެއްދެވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުޙައްމަދު ނަޝީދު ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުުލް މަޖީދު އަބްދުުލް ބާރީގެ ދައުރުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ވަރުގަދަ ރައްދުތަކެއް ދެއްވައިފިއެވެ.

ޝައިޚް މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝައިޚް ޙުސައިން ރަޝީދު ވިދާޅުވި ގޮތުގައި، ދީނީ ކާޑު ކުޅެގެން ސިޔާސީ މަންފާ ހޯދަން އުޅޭ އުޅުމަކީ މިހާރު ވަރަށް ބާވެފައިވާ ކަމެކެވެ. އަދި ފަލާޙު ފަދަ ބޭފުޅުން މިސްކިތަށް ނާރާ ކަމަށްވާނަމަ، އަޅާފައިވާ މިސްކިތްތަކުގެ އަދަދުވެސް އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

ޝައިޚް ފާހަގަކުރެއްވި ގޮތުގައި އަތުގައި ނެތް ކާޑެއް ކުޅެން އުޅުމުގެ ބަދަލުގައި، ހަގީގަތާ ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުން، ދޮގު ހެދުމާއި ޚިޔާނާތްތެރިވުމަކީ ދީނީ ގޮތުން ބޮޑެތި ފާފަތަކެއްކަން ހަނދާންކޮށްދެއްވަމުން ޝައިޚް ވިދާޅުވީ، އެކަންކަމުގެ ނުރައްކާތެރިކަން އެނގޭނީވެސް ދީނާ ގުޅުމެއް އޮވެގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް