ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ހާމަނުކުރާ ބައެއް މަޢުލޫމާތުތައް ސީދާ ސަރުކާރުގެ ފަރާތުން ހާމަކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޙުސައިން ޙަސަން ވިދާޅުވީ، ބައެއް ދާއިރާތަކުގެ ގޮނޑިތައް ޕީއެންސީއަށް ކަށަވަރުވެފައިވާ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަމުންދަނީ އިލެކްޝަންސް ކޮމިޝަނުން އެކަން ރަސްމީކޮށް އިޢުލާން ކުރުމުގެ ކުރިން ކަމަށެވެ.

މިއީ އިންތިޚާބީ އިޖުރާއަތްތަކާ ޚިލާފަށް ކުރަމުންދާ ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ. ސަރުކާރުން މިފަދަ މަޢުލޫމާތުތައް ދުރާލާ ހާމަކުރަމުންދަނީ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމަށް ބުރޫއަރާ ފަދަ ގޮތަކަށް ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް