ވެރިކަން ކުރާ ފަރާތްތަކުގެ މަންފާއަށްޓަކައި ޤާނޫނުއަސާސީއަށް ބަދަލުތައް ގެންނަމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ރާއްޖޭގެ ކުރީގެ ބަންޑާރަނައިބު ޑރ. އަޙްމަދު ޢަލީ ސަވާދު ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރަށްވައިފިއެވެ.
މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ސަވާދު ވިދާޅުވީ، ވެރިންނާއި ވެރިކަމަށް މަންފާވާނެހެން ޤާނޫނުއަސާސީ "ކޮށާ މަށާ" އިޞްލާޙު ކުރަމުންދާއިރު، ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ޤާނޫނުއަސާސީ މުރާޖަޢާކޮށް ބަދަލުކުރުމުގެ ވިސްނުމެއް މަޖިލީހުގައި ނެތް ކަމަށެވެ. އަދި ދައުލަތުގެ ބާރުތައް "ލަގަނާ" އެކު ރައްޔިތުމީހާ ދޫކޮށްލުމުން، އެންމެ ފަހުން ރައްޔިތުމީހާ ހުންނަން ޖެހޭނީ ހުސްއަތާ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.
"ދައުލަތަކީ 'ސަރުކާރުގެ ވެރިން' އަދި 'މަޖިލީހުގެ ވެރިން' ގެ އަމިއްލަ އެއްޗަކަށް ވެނިމުނީމާ، ރައްޔިތުންނަކީ އަސްލު ދައުލަތުގެ ވެރިން ކަމުގައި ޤަބޫލުކުރަންވެސް ދަތިވާނެ،" ޑރ. ސަވާދު ވިދާޅުވިއެވެ.
ހަމައެއާއެކު ޑރ. ސަވާދު ވަނީ، ރައްޔިތުންގެ ބާރަށް ބޯލަނބާނެ ޚާދިމުންތަކެއް ހިންގާ ދައުލަތެއް ތަރުތީބުކުރުމަށްޓަކައި ޤާނޫނުއަސާސީ އެކީގައި މުރާޖަޢާކޮށް ބަދަލުކުރަން ގޮވާލައްވާފައެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ތަންތަންކޮޅު ހާވައިގެން، އަމިއްލަ ނަފްސަށް މޮޅުވާނެ ގޮތަށް ޤާނޫނުއަސާސީ އިޞްލާޙު ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ސަވާދު ވިދާޅުވީ މުޅި ދުސްތޫރީ އޮނިގަނޑު ރޭވިފައި އޮންނަނީ ރައްޔިތުންގެ ސިޔާދަތީ ބާރު ހީނަރު ނުވާނެ ގޮތް ކަށަވަރުކުރުމަށް ކަމަށް ވީނަމަވެސް، މިހާރު އެކަމަށް ބަލާލުމެއް ނެތް ކަމަށެވެ. އަދި "މިއަދު އަތުން ދޫކޮށްލި ޑިމޮކްރަސީއެއް މާދަން ލިބޭނެކަމަށް ހީކުރުމަކީ ގޯހެއް" ކަމަށް ވިދާޅުވެ، ރައްޔިތުން މިކަމާމެދު ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
ޑރ. ސަވާދު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަން ކުރާ ޕީއެންސީން ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އޭގެއިތުރުން މަޖިލީހުން ބޭނުން ގޮތަކަށް ޤާނޫނު އަސާސީ އާއި ޤާނޫނުތައް ބަދަލު ކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމްވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ތަންތަންކޮޅު ހާވައިގެން މަށަށް މޮޅުވާނެ ގޮތަށް ޤާނޫނު އަސާސީ އިޞްލާކުރާއިރު، މުޅި ދުސްތޫރީ އޮނިގަނޑު ރޭވިފަ އޮންނަނީ ރައްޔިތުންގެ ސިޔާދަތީ ބާރު ހީނަރު ނުވާނެ ގޮތް ކަށަވަރުކުރުމަށްކަންވެސް ބަލާނުލާ.
— ahmad ali sawad (@DrSawad) February 10, 2026
މިއަދު އަތުން ދޫކޮށްލި ޑިމޮކްރަސީއެއް މާދަން ލިބޭނެކަމަށް ހީކުރުމަކީ ގޯހެއް! 3/3
ޑރ. ސަވާދު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަން ކުރާ ޕީއެންސީން ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އޭގެއިތުރުން މަޖިލީހުން ބޭނުން ގޮތަކަށް ޤާނޫނު އަސާސީ އާއި ޤާނޫނުތައް ބަދަލު ކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމްވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު