ރާއްޖޭގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރަށް ބަލާއިރު، ގިނަ މަސްދަރުތަކުން މަޢުލޫމާތު ހޯދާ ވަރަކަށް ސާފުވެގެންދާނީ ރާއްޖޭގައި ކޮރަޕްޝަން ފުޅާވެފައިވާ މިންވަރު ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވެއްޖެއެވެ.
ޝަމީލް މިހެން ވިދާޅުވީ، ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ކަނޑައެޅުމަށް ބޭނުންކުރި މަސްދަރުތަކާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭސީސީގެ މައިގަނޑު ޝަކުވާއަކީ ރާއްޖޭގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ސްކޯ އެކުލަވާލުމުގައި ބޭނުންކޮށްފައިވާ މަސްދަރުތައް މަދުވުމެވެ.
މިކަމާ ގުޅިގެން ޝަމީލް މީސްމީޑިއާގައި ވިދާޅުވީ، މަސްދަރުތައް މަދުވުމުގެ ޝަކުވާ އޭސީސީން ކުރި ނަމަވެސް، ގިނަ މަސްދަރުތަކުން މަޢުލޫމާތު އެއްކުރި ވަރަކަށް ރާއްޖޭގައި ކޮރަޕްޝަން ފުޅާވެފައި އޮތް މިންވަރާއި، އެކަން އިތުރުވަމުންދާ މިންވަރު އިތުރަށް ޔަޤީންވެގެންދާނެ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތަކަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމަކަށްވާއިރު، މިފަދަ އިންޑެކްސްތަކުން ދައްކާ ނަތީޖާއަކީ ދައުލަތުގެ މުއައްސަސާތަކުން ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއްކަން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ފާހަގަކުރަމުންނެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ރޭންކިންއާ މެދު ސުވާލު އުފައްދައި އޭސީސީން އިއްޔެ ބުނީ، ސީޕީއައި އަކީ އޭގެ ޒާތުގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށާއި، މިއީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކުރާ އެއްޗެއް ކަމަށެވެ. އަދި މިއީ "ޕަރސެޕްޝަން" ނުވަތަ މީހުން ދެކޭ ގޮތުގެ މައްޗަށް ބިނާކުރާ ދިރާސާއަކަށް ވުމުން، އިންޑެކްސްގެ ސްކޯ އަދި ރޭންކިންގ ބިނާވަނީ ހަމައެކަނި އެ ނެގޭ މަޢުލޫމާތުތަކުގެ މައްޗަށް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
އޭސީސީން މިހެން ބުނެފައިވާއިރު، 2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) ގައި، ކޮރަޕްޝަން ހުއްޓުވުމުގައި ދިވެހިރާއްޖެއަށް 100 އަކުން ލިބިފައިވަނީ އެންމެ 39 ޕޮއިންޓެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން އާންމުކުރި މި ނަތީޖާއާއެކު، ދުނިޔޭގެ 182 ގައުމުގެ ތެރެއިން ރާއްޖެ ހިމެނެނީ 91 ވަނަ ދަރަޖައިގައެވެ.
ހަމައެއާއެކު ޓްރާންސްޕޭރެންސީން ބުނީ، 2025 ވަނަ އަހަރުގެ ރާއްޖޭގެ ސީޕީއައި ނަތީޖާ ބިނާވެފައިވަނީ ބައިނަލްއަގްވާމީ ތިން މަސްދަރަކުން ލިބުނު މައުލޫމާތުގެ މައްޗަށް ކަމަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކު ރޭޓިންގްސް، ވެރައިޓީޒް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓްސް އަދި ވޯލްޑް ބޭންކު ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓެވެ.

އޭސީސީގެ ޝަކުވާއަކީ ރާއްޖޭގެ ސްކޯ އެކުލަވާލުމަށް ބޭނުންކުރި މަސްދަރުތައް މަދުވުން؟ ގިނަ މަސްދަރުތަކުން މަޢުލޫމާތު ހޯދާވަރަކަށް ޔަޤީންވާނީ ރާއްޖޭގައި ކޮރަޕްޝަން ފުޅާވެފައި އޮތް މިންވަރާއި އިތުރުވަމުންދާ މިންވަރު. https://t.co/FHEE9dXy80
— Ibrahim Shameel (@IbrahimShameel) February 10, 2026
ކޮރަޕްޝަންގެ މައްސަލަތަކަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމަކަށްވާއިރު، މިފަދަ އިންޑެކްސްތަކުން ދައްކާ ނަތީޖާއަކީ ދައުލަތުގެ މުއައްސަސާތަކުން ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއްކަން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ފާހަގަކުރަމުންނެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ރޭންކިންއާ މެދު ސުވާލު އުފައްދައި އޭސީސީން އިއްޔެ ބުނީ، ސީޕީއައި އަކީ އޭގެ ޒާތުގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށާއި، މިއީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކުރާ އެއްޗެއް ކަމަށެވެ. އަދި މިއީ "ޕަރސެޕްޝަން" ނުވަތަ މީހުން ދެކޭ ގޮތުގެ މައްޗަށް ބިނާކުރާ ދިރާސާއަކަށް ވުމުން، އިންޑެކްސްގެ ސްކޯ އަދި ރޭންކިންގ ބިނާވަނީ ހަމައެކަނި އެ ނެގޭ މަޢުލޫމާތުތަކުގެ މައްޗަށް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
އޭސީސީން މިހެން ބުނެފައިވާއިރު، 2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) ގައި، ކޮރަޕްޝަން ހުއްޓުވުމުގައި ދިވެހިރާއްޖެއަށް 100 އަކުން ލިބިފައިވަނީ އެންމެ 39 ޕޮއިންޓެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން އާންމުކުރި މި ނަތީޖާއާއެކު، ދުނިޔޭގެ 182 ގައުމުގެ ތެރެއިން ރާއްޖެ ހިމެނެނީ 91 ވަނަ ދަރަޖައިގައެވެ.
ހަމައެއާއެކު ޓްރާންސްޕޭރެންސީން ބުނީ، 2025 ވަނަ އަހަރުގެ ރާއްޖޭގެ ސީޕީއައި ނަތީޖާ ބިނާވެފައިވަނީ ބައިނަލްއަގްވާމީ ތިން މަސްދަރަކުން ލިބުނު މައުލޫމާތުގެ މައްޗަށް ކަމަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކު ރޭޓިންގްސް، ވެރައިޓީޒް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓްސް އަދި ވޯލްޑް ބޭންކު ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓެވެ.
ކިޔުންތެރިންގެ ހިޔާލު