މިހާރުގެ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ 'އަދަދު' ނޫހުގެ ސީނިއާ ނޫސްވެރިޔާ އަޙްމަދު އާއިދު، ނޫސްވެރިކަމުގެ ދާއިރާއިން ވަކިވާން ނިންމައިފިއެވެ. އާއިދު މި ނިންމުން އިޢުލާންކުރީ އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު އާންމުކުރި ބަޔާނެއްގައެވެ.
އާއިދު ބުނިގޮތުގައި، މިއީ އޭނާގެ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުމެވެ. ނޫސްވެރިކަމުގައި ހޭދަކުރި އަހަރުތަކަކީ އޭނާގެ ދުނިޔެ ބަލާ ގޮތް ބަދަލުކޮށްދިން، އަދި އޭނާގެ ޝަޚުޞިއްޔަތު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރި ދުވަސްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ނޫސްވެރިކަމުގެ ބުރަ މަސައްކަތާއި، އާއިލީ އަދި މާލީ ހަގީގަތްތަކަށް ބަލާއިރު، މިހާރު މި ދާއިރާގައި ކުރިއަށް ދިއުމަކީ އޭނާއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އަމިއްލަ ނަފްސަށް އިޚުލާޞްތެރިކަމާއެކު އިއުތިރާފުވާން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
އޭނާ ވަނީ 'އަދަދު' ނޫހުގައި ހޭދަކުރި ތިން އަހަރާއި ބައިގެ މުއްދަތުގައި ލިބުނު ތަޖުރިބާތަކަށްޓަކައި އެ ނޫހުގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
އަދި އޭނާގެ މި ނިންމުމާ ގުޅިގެން ސިޔާސީ ފަރާތްތަކުންނާއި އެކި ފަރާތްތަކުން ދައްކަމުންދާ އަސްލެއް ނެތް ވާހަކަތަކަށް ރައްދު ދެއްވަމުން އާއިދު ވިދާޅުވީ، ކަންކަމުގެ ހަގީގަތް ނުބަލައި ބައެއް ނޫސްވެރިންވެސް އެފަދަ ވާހަކަތައް ފަތުރާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.
އާއިދުގެ ނޫސްވެރިކަމުގެ ދަތުރު ނިންމާލީ، އޭނާގެ މަސައްކަތުގައި އެއްވެސް މީހަކަށް ދެރައެއް ނުވަތަ ނޭދެވޭ އަސަރެއް ކުރިނަމަ އެކަމަށް މަޢާފަށް އެދެމުންނެވެ. އަދި އޭނާއަށް މައުލޫމާތު ދިން މަސްދަރުތަކަށާއި، އޭނާގެ ރިޕޯޓިންއަށް އިތުބާރުކުރި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން، ނޫސްވެރިކަމުގެ ދާއިރާއަށް އަބަދުވެސް އިޙްތިރާމް އޮންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އާއިދު މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ކުރިމަގުގެ އާ ބާބަކާ ކުރިމަތިލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު