ބައިވެރިޔާ ބޭވަފާތެރިވުމަކީ އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިންތިހާއަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.
މިފަދަ ހާދިސާތަކުގެ ސަބަބުން އިތުބާރު ގެއްލި، ނަފްސާނީ ގޮތުން ނުތަނަވަސްކަން އިތުރުވެ، ދިގު މުއްދަތަކަށް ދެމިގެންދާ އެންޒައިޓީ ނުވަތަ ހާސްކަމުގެ މައްސަލަތައް ކުރިމަތިވެއެވެ.
ބޭވަފާތެރިކަމުގެ ސަބަބުން ލިބޭ ކުއްލި ސިހުމާއި، އިހުސާސްކުރެވޭ ބާކީވުމުގެ އިހުސާސްތަކުގެ ސަބަބުން ނަފްސާނީ ގޮތުންނާއި އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވުމަށް އުނދަގޫވެ، މީހާގެ ދިރިއުޅުމުގެ ހަމަޖެހުން ގެއްލިގެންދާ ކަމަށް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ.
ނަފްސާނީ ގޮތުން ތަހައްމަލު ކުރާ މިފަދަ ކަންކަމުގެ ސަބަބުން ނިދުމަށް ހުރަސްއެޅި، އިންސޯމްނިއާ ނުވަތަ ނިދިނައުމުގެ ބަލި ތަހައްމަލު ކުރަން ޖެހުމަކީ އާންމު ކަމެކެވެ.
ބޭވަފާތެރިކަމުގެ ހިތްދަތި ހާދިސާ ސިކުނޑީގައި ތަކުރާރުވަމުން ދިއުމަކީ ނިދުމަށް ހުރަސްއަޅައި، ދިރިއުޅުމުގެ އާންމު އުސޫލުތައް މުޅިން ބަދަލުކޮށްލާ ކަމެކެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ލިބޭ ސްޓްރެސްގެ އަސަރު ޖިސްމާނީ ގޮތުން ވެސް ފެންނަން ފަށައެވެ. އެގޮތުން ބޮލުގައި ރިއްސުމާއި، ބުރަކަށީގައި ރިއްސުމުގެ އިތުރުން މަސްތަކަށް ލިބޭ ލޮޑުކަމާއި ރިހުން ފަދަ ކްރޮނިކް ޕެއިން ނުވަތަ ދާއިމީ ތަދުތަކާ ކުރިމަތިލާން ޖެހޭކަން ދިރާސާތަކުން ކަށަވަރުވެއެވެ.
ޕަބްމެޑް ފަދަ ސިއްހީ ދިރާސާތައް ޝާއިއުކުރާ މަސްދަރުތަކުން ބުނާ ގޮތުގައި، ބޭވަފާތެރިކަމުގެ ހިތްދަތި ތަޖުރިބާއަކީ "ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑާ"ގެ އަލާމާތްތައް ވެސް މެދުވެރިކުރުވާ ކަމެކެވެ.
މީގެ ތެރޭގައި އެ ހިތްދަތި މާޒީގެ ހަނދާންތައް ތަކުރާރުކޮށް އާވުމާއި، މާބޮޑަށް ސަމާލުވެ ރައްކާތެރިވެގެން އުޅެން ޖެހުމުގެ އިހުސާސްވުމާއި، އަދި އިހުސާސްތައް މަރުވެފައިވާ ކަމުގެ އިހުސާސް ކުރެވުން ހިމެނެއެވެ. މިފަދަ އަލާމާތްތައް އެ ހާދިސާ ހިނގާތާ ގިނަ ދުވަސްތަކެއް ފަހުން ވެސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު