އެމްޑީޕީގެ ވިސްނުމަކީ ހަމައެކަނި މާލެ ސިޓީ ތަރައްޤީކުރުން ނޫން ކަމަށާއި، މުޅި ރާއްޖެއަށް ތަރައްޤީ ފަތުރާލުމަކީ އެ ޕާޓީގެ އަބަދުވެސް އަމާޒު ކަމަށް "ހޭވައްލާ" ކެންޕެއިންގެ ޑެޕިއުޓީ މެނޭޖަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
"ވިޔަފާރިއަށް ފަހި" ލޯންޗުކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ނިޔާޒު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުން އެކުލަވާލި މެނިފެސްޓޯގައިވެސް ރާއްޖެ 7 ސަރަޙައްދަކަށް ބަހާލައިގެން ތަރައްޤީކުރުން ހިމަނާފައިވަނީ މި ސަބަބަށްޓަކައެވެ.
ސަރަޙައްދީ ތަރައްޤީ އާއި ލާމަރުކަޒީ އުސޫލުން ގައުމު ހިންގުމަކީ އެމްޑީޕީގެ ދެގޮތެއްނުވާ ސިޔާސަތެއްކަން އޭނާ ތަކުރާރު ކުރެއްވިއެވެ.
ކުޅުދުއްފުށި ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މައި ސަރުކާރުގެ ފަރާތުން އެ ސިޓީއަށް މާބޮޑު ކަންތައްތަކެއް ކޮށްދީފައި ނުވި ނަމަވެސް، ސިޓީގެ އިގްތިސާދު ހުއްޓުނަ ނުދިނުމަށްޓަކައި ކުޅުދުއްފުށީގެ މޭޔަރާއި ރައްޔިތުން ކުރި ހިތްވަރުގަދަ މަސައްކަތްތަކަކީ ނަމޫނާއެއް ކަމަށެވެ.
މިއީ ލާމަރުކަޒީ ނިޒާމްގެ ބޭނުންތެރިކަން ރައްޔިތުން ބަލައިގަނެ، އެ ނިޒާމުގެ ތެރެއިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، މާލެ އާއި ކުޅުދުއްފުށީގައި އެކުއެކީގައި ކުރިއަށްދިޔަ މި ޖަލްސާގައި ނިޔާޒު ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުތަކަކީ ހަމައެކަނި ކަރުދާހުގައި އޮތް އެއްޗެއް ނޫން ކަމަށާއި، އެއީ ރަށްރަށުގެ އިގްތިސާދީ ދިރުމާ ގުޅިފައިވާ މުހިންމު ނިންމުންތަކެއްކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު