ލާމަރުކަޒީ ނިޒާމުން ރަށްރަށް ތަރައްޤީކުރުމަށް ސަރުކާރުން ހުރަސްނޭޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު ގޮވާލައްވައިފިއެވެ.
ނިޔާޒު މިހެން ގޮވާލެއްވީ ކުޅުދުއްފުށީ ސިޓީގައި ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، ކައުންސިލްތަކަކީ ހަމައެކަނި ސަރުކާރުގެ އިދާރާތަކުން އަންގާ އެންގުންތައް ތަންފީޒުކުރަން އޮންނަ ސަރުކާރުގެ ގޮފިތަކެއް ކަމަށް ދޭހަވާ ގޮތަށް މިހާރުގެ ސަރުކާރުން އަމަލުކުރަމުންދާ ކަމަށެވެ. މިއީ ކުރީގެ ރައީސް މައުމޫނުގެ ޒަމާނުން ފެށިގެން އޮތް ގޮތް ކަމަށާއި، އޭރު ކައުންސިލްތަކުގެ ދައުރަކީ ހަމައެކަނި މުނިސިޕަލް ނުވަތަ ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ފަސް އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، އެ ޕްލޭން ތަންފީޒުކުރުމުގެ ބާރު ރައްޔިތުން އިންތިޚާބުކޮށްފައިވާ ވެރިއަކަށް ދިނުން ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެކަން ބަލައިނުގަނެވިގެން، ލާމަރުކަޒީ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނެސް، ތަރައްޤީގެ ޕްލޭންތައް މަޑުޖައްސައި ހިފަހައްޓާފައިވާ ކަމަށް ނިޔާޒު ތުހުމަތުކުރެއްވިއެވެ.
"ލާމަރުކަޒީ ޤާނޫނުގައި ވަރަށް ސާފުކޮށް ބުނޭ ތަރައްޤީގެ ޕްލޭންގެ ވާހަކަ. އެއީ ކޮންމެހެން ސަރުކާރުގެ އިދާރާއަކުން ތަންފީޒުކުރަންޖެހޭ އެއްޗެއް ނޫން. އެ ތަންފީޒުކުރުމުގެ މޭސްތިރިއަކަށް ނުވަތަ ވެރިއަކަށް ވާންޖެހޭނީ އެ ރަށެއްގެ ރައްޔިތުން އިތުބާރުކޮށް އިންތިޚާބުކޮށްފައި ހުންނަ ވެރިޔާ،" ނިޔާޒު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ކައުންސިލްތަކުން ސަރުކާރުގެ ތަރައްޤީއަށް ހުރަސްއަޅާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވާ ވާހަކަފުޅަށް ރައްދުދެއްވަމުން ނިޔާޒު ވިދާޅުވީ، ރަށްތަކުގެ ތަރައްޤީއަށް ހަޤީޤަތުގައި ހުރަސްއަޅުއްވަނީ ރައީސް މުޢިއްޒު ކަމަށެވެ. އަދި ކުޅުދުއްފުށީގެ ތަރައްޤީ ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މޭޔަރު އާތިފް އިންތިޚާބުކުރުމަށް އޭނާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.ނިޔާޒު ވިދާޅުވީ، ކައުންސިލްތަކާ އެކީގައި ކުރިއަށް ގޮސްގެން ނޫނީ ރަށްރަށުގެ ހަޤީޤީ ތަރައްޤީ ހާސިލެއް ނުކުރެވޭނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު