ޤާނޫނުއަސާސީއަށް ސަރުކާރުން އިސްލާޙު ގެންނަން ހުށަހަޅަނީ ޚަރަދު ކުޑަކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް ތާއިދު ކުޑަވުމުން "ވަލު ދޮރާށިން" ދެވަނަ ދައުރެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ފައްޔާޒް ވިދާޅުވީ، މިވަގުތު ރާއްޖޭގައި އޮތް ނިޒާމުން ޑިމޮކްރަޓިކް ހަރަކާތުގެ އުންމީދުތައް ފުރިހަމައަށް ހާސިލުކޮށްނުދެވޭ ކަމަށެވެ. އަދި އަނިޔާވެރި ވެރިންގެ ކިބައިން ރައްޔިތުންނަށް ހިމާޔަތް ހޯދައިނުދެވޭ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ނަމަވެސް ރައީސް މުޢިއްޒު އެދިގެން ޤާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަކީ ޚުދުމުހުތާރު ވެރިން ބާރުގައި ތިބުމަށް އިތުރަށް މަގުފަހިކޮށްދޭނެ ބަދަލުތަކެއް ކަމަށެވެ.
"ބޭނުންވަނީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން. އޭގެ ބަދަލުގައި ސަރުކާރާއި އަދި މުޅި ދައުލަތް ޒިންމާދާރު ކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭ." ފައްޔާޒް ވިދާޅުވިއެވެ.
ހަމައެއާއެކު ފައްޔާޒް ވިދާޅުވީ، ސަރުކާރުގެ މި ރޭވުމަކީ ހީލަތްތެރި ރޭވުމެއް ކަމަށެވެ. އަދި އޭނާ ވަނީ މިކަމަށް "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ރިޔާސީ ދައުރު ދަންމާލުމުގެ އެއްވެސް ފުރުސަތެއް މި ސަރުކާރަށް ދީގެން ނުވާނެ ކަމަށާއި، އެމްޑީޕީން މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކެއް ގެނައުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން ފައްޔާޒް ވިދާޅުވީ، މިއީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށާއި، މި މައްސަލާގައި ސިޔާސީ ފިކުރާއި ޕާޓީތަކުގެ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތަށް އިސްކަންދީގެން ވިސްނަންޖެހޭ ކަމަށެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ޢާއްމު ވޯޓެއް ނަގަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު