އިސްލާމިކް މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރަން ވަރަށް ބޮޑަށް އިސްކަންދޭ ތަނެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައެއްގެ ބައްދަލުވުމަށް އިސްލާމިކް މިނިސްޓްރީން ހާޒިރު ނުވުމުން އައިކޮމުން މިއަދު އެ މިނިސްޓްރީ 700ރ. އިން ޖޫރިމަނާ ކުރުމާއި ގުޅިގެންނެވެ.
އެ މައްސަލާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަޙީމް ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރަން ވަރަށް ބޮޑަށް އިސްކަަމެއް ދޭ އަދި އެކަމާ ގުޅިގެން، ހަދާފައިވާ އެންމެހައި ގާނޫނުތަކަށް އިހުތިރާމްކުރާ މިނިސްޓްރީއެއް ކަމަށެވެ.
"މިހާތަނަށް ވެސް މިނިސްޓްރީއަށް ހުށަހެޅެމުންދާ އެންމެހައި ހުށަހެޅުންތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދެމުންދާ މިނިސްޓްރީއެއް. މީޑިއާއާ ނުހަނު ގާތްކަން ބާއްވާ މިނިސްޓްރީއެއް. މިނިސްޓްރީ ދެމިއޮންނާނީ އެގޮތުގައި،" މިނިސްޓަރު އެކްސްގައި ލިޔުއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އަށް މިދިޔަ ދެ އަހަރު ހުށަހެޅި ކަންކަމާއި އެ އަށް ޖަވާބު ދީފައިވާ އަދަދުތައް މާދަމާ މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ.
އައިކޮމުން މިއަދު އިސްލާމިކް މިނިސްޓްރީ ޖޫރިމަނާ ކޮށްފައިވަނީ މައުލޫމާތު ހޯދުމަށް ހުށަހެޅި ދެ ހުށަހެޅުމަކަށް އެ މިނިސްޓްރީން މައުލޫމާތު ނުދިނުމާއި އެ ޝަކުވާތައް ބަލަން ތާވަލްކުރި ބައްދަލުވުމުގައި ވެސް ބައިވެރި ވެފައި ނުވާ ކަމަށް ބުނެއެވެ.
އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ ގާނޫނީ ވާޖިބު އަދާކުރަން އެޅި ހުރަހެއް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އެ ބައްދަލުވުންތަކަށް ހާޒިރުނުވެގެން ބައެއް އެހެން އިދާރާތައް މީގެ ކުރިން ޖޫރިމަނާކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު