ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އާއިޝަތު އީޝާ އަޝްރަފް މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.

އީޝާ މަގާމުން ވަކިކުރެއްވިކަމުގެ ސިޓީ ސޯޝަލް މީޑީއާގައި ވަނީ އާންމުވެފައެވެ. އެ ސިޓީގައި ބުނެފައިވަނީ އީޝާ މަގާމުން ވަކިކުރީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

އީޝާ މަގާމުން ވަކިކުރި މައްސަލައިގައި ރައީސް އޮފީހުން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

އީޝާ މީގެ ކުރިން ވަނީ ރައީސް އޮފީހުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު