ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި ދިވެހި ސިފައިންގެ ޓީމުން ރަންވަނަ ހާސިލްކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ފެބުރުވަރީ މަހުގެ 5 އިން 7 އަށް ޕާކިސްތާނުގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (ޕަބި) ގައި ކުރިއަށްދިޔަ މި މުބާރާތަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އަސްކަރިއްޔާތަކުގެ މެދުގައި ބާއްވާ ވަރުގަދަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 16 ގައުމަކުން ޖުމްލަ 24 ޓީމެއް ވާދަކޮށްފައިވެއެވެ.
ދިވެހި ސިފައިން ހޯދި މި ކާމިޔާބީއާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޕެޓްސް މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ރަން މެޑަލް ހާސިލުކުރުމަކީ ދިވެހި އަސްކަރިއްޔާއަށާއި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ، ޓީމުތަކުގެ އަސްކަރީ ހުނަރުވެރިކަމާއި، އަސްކަރީ އަޚްލާގާއި، ބައިވެރިންގެ ހިތްވަރާއި އަޒުމް ވަޒަންކުރާ މުބާރާތެކެވެ. އަދި މިއީ ސިފައިންގެ ބުންވަރާއި، މެންޓަލް ފިޓްނަސްގެ އިތުރުން ތަފާތު އުނދަގޫ ހާލަތްތަކުގައި ޓީމުގެ ބަދަހި ގުޅުން ޓެސްޓުކުރާ މުހިންމު މުބާރާތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަން މެޑަލް ހޯދި ދިވެހި ސިފައިންގެ ޓީމަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު