ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ ނަމުގައި، އަވައްޓެރި ގައުމުތަކާ ކުރިމަތިލުމަށް މަނަވަރު ފޮނުވައިގެން ތޮޅެން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމަކުން ހަނގުރާމައަކަށް ދާނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ބަހުސްކޮށް، މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށެވެ. އޭރުން މުޅި ރައްޔިތުންނަށް އެނގެން އުޅެނީ ކިހާވަރެއްގެ ކަމެއްކަން ސާފުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހަމަ ނިދާހޭލައިފައި، ސާޖިދާ އަށް ހުވަފެނުން ފެނިގެން، މުއިއްޒަށް ހުވަފެނުން ފެނިގެން، މަނަވަރެއް ފޮނުވައިގެން މިއީ އަޅުގަނޑުމެންގެ އަވައްޓެރިންނާ މިގޮތަށް ތޮޅެން އުޅޭ އެއްޗެއް ނޫން. އެކަމެއް ނުވާނެ. އެއީ ނުރައްކާތެރި ކަމެއް،" ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ކަނޑުގެ ސަރަހައްދު ހޯދަން ބޭނުންނަމަ އޮތް ގޮތަކީ ބައިނަލްއަގުވާމީ ކޯޓަށް ނުވަތަ އިޓްލޮސް އަށް ދިއުން ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީގެ މައްސަލައިގައި މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ޔާމިން ވިދާޅުވިއެވެ. އެގޮތުން ދެ އަހަރު ދުވަސް ބޭކާރުވެގެން ދިޔައިރު، އެ ސިޓީ އަނބުރާ ގެނައުމަށް ނުވަތަ އިޓްލޮސްއަށް މައްސަލަ ހުށަހެޅުމަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ޔާމީން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާރު މި މައްސަލަ އަލުން ފެންމަތިވެގެން މިއުޅެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދެއްކުމަށް ކަމަށް ޔާމީން ވިދާޅުވިއެވެ.
"ދެ އަހަރު ވެގެން ދިޔައިރު އަޅާ ނުލީ މައްސަލައަކަށް، މިހާރު އިންތިހާބެއް ބޯމަތި ވީމަ މިކަމާ އުޅޭ ކަން ދައްކައިގެން، މީގަ ނެތެއްނު އިޚުލާސްތެރިކަމެއް؟" ޔާމީން ސުވާލު އުފެއްދެވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖެއަކީ އެމެރިކާ ފަދަ ބާރުގަދަ ގައުމެއް ނޫން ކަމަށާއި، މިފަދަ މައްސަލަތަކުގައި ހިނގަންޖެހޭނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކަމަށެވެ. އަދި މި ސަރުކާރުން އިޚްތިޔާރު ކުރީ ނުބައި މަގެއް ކަމަށާއި، ހައްލަކީ އަނެއްކާވެސް އިޓްލޮސްއަށް ގޮސް ގާނޫނީ މަރުހަލާތައް ފުރިހަމަކުރުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވެފައިވާއިރު ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ ގުޅިގެން ރާއްޖެއަށް ގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި ދިވެހި ސިފައިން ހަރަކާތްތެރިވާން ވަނީ ފަށާފައެވެ. އިޓްލޮސްގެ ނިންމުމެއް އޮތް ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާނު ކުރައްވާފައެވެ. މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ ސަރަހައްދު ހިމާޔަތްކޮށް ސިފައިން ބަލަހައްޓަމުންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން މިހާރު ވަނީ ޚާއްސަ ސަވައިލަންސް އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ތެރެއިން އެ ސަރަހައްދުން ސްރީލަންކާގެ ދެ މަސްބޯޓެއް ދިވެހި ސިފައިން މިހާރު ވަނީ ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު