މާލޭގެ ބަރުބަރީ މިސްކިތް އަންނަ ހަފްތާގައި ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާް ވަޓްސްއަޕްްް ގްރޫޕުގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ މާލޭގެ ބަރުބަރީ މިސްކިތް 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހު އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން މާލޭގެ ބަރުބަރީ މިސްކިތަކީ 3 ބުރިއަށް ބިނާކުރެވިފައިވާ 1400 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ ގޮތައް ބިނާކުރެވިފައިވާ ޒަމާނީ މިސްކިތެއްކަމަށްވެސް މިނިސްޓަރގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ވިލި މާލެ މަސްޖިދުއްސަލާމްގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަސް ފަހުން ފެށިގެންދާނެކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ. އަދި މާލެ ޒިކުރާ މިސްކިތުގެ މަސައްކަތް ވެސް ރަމަޟާން މަސް ފަހުން ފެށިގެންދާނެކަމަށާއި، ރަމަޟާން މަސް ކައިރި ވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައިކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މި ދެމިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ސްޕޮންސަރ ލިބިފައިވާކަމަށެވެ.
"ދެން މާލެ ސަރަހައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނި. އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެ. މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އަންނަ އަހަރު ރޯދައަށް ނިމޭނެ. އިންޝާ ﷲ."
މިނިސްޓަރ ވިދާޅުވީ ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރިނަމަވެސް، ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ މިސަރުކާރުގެ އަމާޒެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު