ކުޑަކުދިންނަށް ދޭ ފޯމިއުލާއެއް ކަމަށްވާ 'ބޭބީބަޔޯ'ގެ ބެޗަކުން ވިހަ މާއްދާއެއް ފެނުމާ ގުޅިގެން، އެ ބްރޭންޑުގެ ބައެއް އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފްރާންސްގައި އުފައްދާފައިވާ 'ބޭބީބަޔޯ' ބްރޭންޑުގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން 'ސެރެއުލައިޑް' ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން، ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އާއި ޙަވާލާދީ އެމްއެފްޑީއޭ އިން ބުނެފައިވަނީ، ފްރާންސްގެ ކަމާގުޅޭ އިދާރާތަކުން ވަނީ މި އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށާއި އަދި ނައްތާލުމަށް އަންގާފައި ކަމަށެވެ.
އޭގެއިތުރުން އެ އިދާރާއިން ބުނީ، ސެރެއުލައިޑް އަކީ 'ބެސެލަސް ސިރިއަސް' ކިޔާ ޖަރާސީމަކުން އުފައްދާ ނުރައްކާތެރި ވިހަ މާއްދާއެއް ކަމަށެވެ. އަދި މި މާއްދާއިން ތަޣައްޔަރުވެފައިވާ ކާނާއެއް ނުވަތަ ބުއިމެއް ބޭނުންކުރެވިއްޖެ ނަމަ، މޭނުބައިކުރުމާއި، ހޮޑުލުމުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ދިމާވާނެ ކަމަށް އެމްއެފްޑީއޭ އިން މަޢުލޫމާތުދެއެވެ.
އެހެންކަމުން ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެމްއެފްޑީއޭ އިން ވަނީ ބޭބީބަޔޯ ބްރޭންޑުގެ ދެ އުފެއްދުމެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން ވަގުތުން ހުއްޓާލުމަށް އަންގާފައެވެ. އަދި މިހާރު ގަނެފައި ހުރި މިފަދަ އުފެއްދުންތައް ބޭނުން ނުކުރުމަށް ވެސް ބެލެނިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މަނާ ކޮށްފައިވަނީ ބޭބީބަޔޯ އޮޕްޓިމާ އަދި ބޭބީބަޔޯ ކެޕްރިއާ އެވެ.
އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި، ބާޒާރުގައި މިފަދަ ތަކެތި ހުރިތޯ ބެލުމުގެ މަސައްކަތް އެމްއެފްޑީއޭ އިން ކުރަމުން ދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު