މިއީ ރާއްޖޭގެ ތާރީޚުގައިވެސް އަސާސީ ކަންތައްތައް މެނޭޖު ނުކުރެވުނުފުރަތަމަ ވެރިކަން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މޯލްޑިވް ގޭސްގެ ސްޓޮކް މަދުވުމުގެ ސަބަބުން ގޭސް ވިއްކުން ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މަދުކުރަން ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޖަމީލް ވިދާޅުވީ އަސާސީ ކަންތައްތައް މިފަދަ ގޮތަކަށް މެނޭޖު ނުކުރެވުނު މިއީ ފުރަތަމަ ވެރިކަން ކަމަށާއި، މިއީ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއް ކަމަށެވެ.
އަދި މިފަދަ ޙާލަތެއްގައި އޮތް އިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކައިރީގައި ވަކާލާތު ކުރުމަކީ ލަދުވެތި ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ގޭސް ކުންފުންޏަށް އެސްޓީއޯ އިން އެތެރެކުރާ ގޭސް ހުސްވުމުގެ ސަބަބުން، މިވަގުތު ޚިދުމަތް ފޯރުކޮށްދެމުން ދަނީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ 'ވިލާ ގޭސް' އިން ގޭސް ގަނެގެން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ގޭސް ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށްވެސް ބައެއް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު