ދިވެހިރާއްޖެ މިވަގުތު އޮތީ އިޤްތިސާދީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވެފައިވަނީ، މޯލްޑިވް ގޭސްގެ ސްޓޮކް މަދުވުމުގެ ސަބަބުން ގޭސް ވިއްކުން ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މަދުކުރަން ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މަލީހް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ ޙާލަތު ގޯހުން ގޯހަށް ދިޔައީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރުގެ ސަރުކާރަކީ ނާގާބިލު "ފަތިމަޑިއެއް" ގެ ގޮތުގައި ސިފަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ދައުލަތުގެ އެއްވެސް ކަމެއް ރަނގަޅު ނުކުރެވުނު ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
ނަމަވެސް، ރާއްޖޭގެ އިޤްތިސާދީ ޙާލަތާ ގުޅޭގޮތުން ރައީސް މުއިއްޒާއި ސަރުކާރުން ބުނަމުންދަނީ ތަފާތު ވާހަކަތަކެކެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި، އިޤްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ކުރީ ސަރުކާރުން ދަރަނީގެ ގޮތުގައި ދޫކޮށްފައިވާ ބޮޑެތި އަދަދުތަކުގެ ސަބަބުން ދިމާވެފައިވާ ކަންކަމެވެ. ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ، އިޤްތިސާދު ކޮޅަށް ޖެހުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު