މީގެ 14 އަހަރު ކުރިން، ދިވެހި ރައްޔިތުންގެ އަތުން ޑިމޮކްރަސީ ފޭރިގަތް ހިސާބުން ފެށިގެން، ރާއްޖޭގައި ޑިމޮކްރަސީއަކީ ވަގުތީ އެއްޗަކަށް ވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ 7، 2012 ގައި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު ބަދަލުވި ހާދިސާއާ ގުޅޭގޮތުން ފައްޔާޒް މިއަދު ވިދާޅުވީ، އެއީ ރައީސް މުހައްމަދު ނަޝީދަށް މަޖުބޫރުކޮށް، މަގާމުން އިސްތިއުފާ ދެއްވަން ޖެއްސުމަށްފަހު އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވި ހިތާމަވެރި ދުވަހެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އޭރު ޑރ. ވަޙީދުގެ ވެރިކަމަކީ ގާނޫނީ ސަރުކާރެއް ކަމަށް ދެއްކުމަށް ޑީއާރުޕީ، ޕީޕީއެމް އަދި ޕީއެންސީން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ދާދި ފަހުން ހާމަވި އީމެއިލްތަކުން އެނގެނީ އެއީ ހަމައެކަނި ބާރުގެ ދަހިވެތިކަމުގައި ހިންގި އަމަލެއްކަން ކަމެވެ. އަދި ޑރ. ވަހީދާއި އޭނާގެ ބައިވެރިންނަށް ގައުމާއި ރައްޔިތުންގެ މަސްލަހަތަށްވުރެ ބޮޑުވީ އަމިއްލަ ބާރާއި ނުފޫޒު ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާއަށްފަހު ރާއްޖޭގެ ރައްޔިތުންނަށް ލިބުނު އަނިޔާތަކަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ، އެސްއޯ ފުލުހުން އާންމު ރައްޔިތުންނަށް ދިން ހަމަލާތަކަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ހިންގި އެންމެ ބޮޑު ލާއިންސާނީ އަމަލުތައް ކަމަށެވެ. އަދި ގައުމުގެ އިސްލާހީ މަސައްކަތުގައި ގުރުބާންވި ފަރާތްތަކުގެ ހަނދާންތައް ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ދުވަހަށްފަހު ފުލުހުންނާއި، ކޯޓުތަކާއި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރަމުން އައި އިތުބާރު ވަނީ ގެއްލިފައި. ގައުމުގެ އިސްލާހީ ދަތުރު ވަނީ މުޅިން ބަދަލުވެފައި. މިއަދުވެސް ރައްޔިތުން މި ތިބީ އަސާސީ ހައްގުތައް ހޯދުމަށް ކުރަންޖެހޭ ހަނގުރާމައެއްގެ ތެރޭގައި." ފައްޔާޒް ވިދާޅުވިއެވެ.
ހަމައެއާއެކު، މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރަކީވެސް ބާރުތައް މުށުތެރެއަށްލާން މަސައްކަތްކުރި ކުރީގެ ވެރިންގެ ސިލްސިލާގެ ބޮޅެއް ކަމަށެވެ. ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި، ޑރ.ވަހީދު އާއި، އަދި ޔާމީން އަބްދުލްގައްޔޫމް ފަދައިން، ރައީސް މުއިއްޒުގެ ވެރިކަންވެސް ރައްޔިތުން ބަލިކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒްގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، މިއީވެސް ހިނގައިދާނެ ދުވަސްތަކެއް ކަމަށާއި، ގައުމަށް މިއަށްވުރެ ރަނގަޅު ދުވަސްތަކެއް ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، ރައީސް މައުމޫންގެ ވެރިކަމަށްފަހު 2008 ވަނަ އަހަރު ވެރިކަމަށް އައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2012 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 7 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދުގެ ވެރިކަން ނިމުމަމަކަށް ގެނުވި ހަތެއް ފެބްރިއަރީގެ ހާދިސާގެ ވާހަކަ ރައީސް ނަޝީދުވެސް އެމްޑީޕީވެސް ސިފަ ކުރަމުން ގެންދަނީ އެއީ އިންސާފު ނުލިބޭ ބަޣާވާތެއްގެ ގޮތުގައެވެ. އަދި އެ ހަނދާންތައް ކޮންމެ އަހަރަކުވެސް ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ގެންދަނީ އާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު