ޗާގޯސްގެ މިލްކުވެރިކަން ހޯދުމަށް ދިވެހިރާއްޖޭން ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް އިނގިރޭސި ސަރުކާރުން ބުނެފިއެވެ.
ތުރުކީގެ އަނަދޮލޫ ނޫސް އޭޖެންސީން މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން، އިނގިރޭސި ފޮރިން އޮފީހުން ބުނެފައިވަނީ ޗާގޯސްގެ ސިޔާދަތާ ގުޅޭގޮތުން ސުވާލު އުފެދިފައިވަނީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުކަން، ތަފާތު ކޯޓުތަކާއި އިދާރާތަކުގެ ނިންމުންތަކުން ސާފުވާ ކަމަށެވެ. އަދި މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާސިއާގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު އެތައް ޖީލަކަށް ރައްކާތެރިކުރެވޭނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން ގިނަ އަހަރުތަކެއްގެ ދެބަސްވުމަށްފަހު، މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ އެ ސަރަހައްދު މޮރިޝަސްއާ ހަވާލުކުރުމަށް ނިންމާފައެވެ. މި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފާޑުވިދާޅުވި ނަމަވެސް، ފަހުން ވަނީ އެއްބަސްވުން ތަންފީޒުކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.
މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިނަލްއަޤުވާމީ ނޫސްތަކަށް ދެއްވި އިންޓަވިއުތަކެއްގައި ވިދާޅުވީ ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށެވެ. އަދި އެމެރިކާގެ 'ނިއުސްވީކް' އަށް ދެއްވި ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، ރާއްޖެއަށް ޗާގޯސް ލިބިއްޖެނަމަ ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު ހިންގުމާ ގުޅޭ އެއްބަސްވުމެއް އެމެރިކާއާއެކު ހެދިދާނެ ކަމަށެވެ.
ހަމައެއާއެކު މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވަނީ، ޗާގޯސް މޮރިޝަސްއަށް ދިނުމަށް ނިންމި ނިންމުމަށް ރާއްޖޭން އިޢުތިރާޒުކޮށް، އެކަން ލިޔުމުން އިނގިރޭސި ސަރުކާރަށް އަންގާފައިވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން 2024 ވަނަ އަހަރާއި މިދިޔަ މަހުގެ 18 ގައިވެސް ލިޔުމުން އެކަން ހުށަހަޅާފައިވާ ކަމަށާއި، އިނގިރޭސި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާ ފޯނުން ވާހަކަފުޅު ދައްކަވައި މިކަމާ މަޝްވަރާކުރަން ބޭނުންފުޅުވާކަން ހާމަކުރައްވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މޮރިޝަސްއަށް ފޮނުއްވި ސިޓީއަކާ ގުޅިގެން ކަމަށް މި ސަރުކާރުން ތުހުމަތުކުރެއެވެ. ރައީސް މުޢިއްޒު ވަނީ އެ ސިޓީ އަނބުރާ ގެންނަވާނެ ކަމަށާއި، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ޤާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބިފައިވަނީ 2019 ވަނަ އަހަރު އައިސީޖޭ އިން ނެރުނު ލަފައަކަށް ފަހުގައެވެ. އޭގެ ފަހުން އިޓްލޮސް އިން ވަނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައަޅާފައެވެ. ނަމަވެސް މި ސަރުކާރުން ބުނަނީ ރާއްޖޭގެ ޤާނޫނުއަސާސީގައިވާ ސަރަހައްދަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ބަލައިނުގަންނަ ކަމަށެވެ.
ޗާގޯސްއަކީ 1814 ވަނަ އަހަރުން ފެށިގެން އިންޑިއާ ކަނޑުގައި އޮންނަ އިނގިރޭސިވިލާތުގެ ސަރަހައްދެކެވެ. 1966 ވަނަ އަހަރު އިނގިރޭސިން ޑިއެގޯ ގާސިއާގައި މިލިޓަރީ ބޭސް ހެދުމަށް އެ ރަށުގައި ތިބި ހާހެއްހާ މީހުން ބޭލިއެވެ. ޗާގޯސިއަނުންނޭ ކިޔުނު މި މީހުން ދަނީ އެ ރަށްތައް އަނބުރާ ހޯދުމަށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް އެ މީހުން ބުނާގޮތުން ޗާގޯސިއަނުންނާއި މޮރިޝަސްއަކާއި ގުޅުމެއް ނެތެވެ. ނަމަވެސް 1968 ވަނަ އަހަރު އިނގިރޭސިންގެ މިނިވަންކަން ލިބުނު މޮރިޝަސްއިން ދަނީ އެއީ އެ ގައުމުގެ ތަނެއްކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު