ސަރުކާރު ހިންގާ ޕީއެންސީގެ ހުދުމުޚުތާރު ވިސްނުމާއި ޤަދީމީ ސިޔާސަތުތަކަށް ދިވެހި ރައްޔިތުން ތަބާވެއްޖެ ނަމަ، މި ގައުމު ހަލާކުވެ ނިމިދާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެއެވެ.
އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީން އައްޑޫ ސިޓީގައި ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރުމުގެ ފަލްސަފާ އާއި ވިސްނުން އަދި ސިޔާސަތު އޮތީ ހަމައެކަނި އެމްޑީޕީގައި ކަމަށެވެ.
ނިޒާރު ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޕީއެންސީގެ ޤަދީމީ ވިސްނުމަކީ ހުދުމުޚުތާރު ފިކުރެއް ކަމަށާއި، އެ ފިކުރުގެ ތެރެއިން ގައުމަށް ތަރައްޤީއެއް ނާންނާނެ ކަމަށެވެ.
" ޕީއެންސީ ތަރައްޤީ އެއް ނުވޭ، ޚާއްސަކޮށް ރާއްޖޭގެ ޒުވާނުން ޕީއެންސީގެ ފިކުރާ ދިމާލަށް ދަތުރުކުރާހާ އެ މީހުންގެ ލީޑަޝިޕްގެ އެ ކޮލެޓީ އެއް ތަރައްޤީ ވާނެ ވިސްނުމެއް ނެތް، އެ ހުދުމުޚުތާރު ވިސްނުމާއި އެޤަދީމީ ސިޔާސަތުތަކަށް އަޅުގަނޑުމެން ތަބާވެއްޖެނަމަ މިރާއްޖެ ހަލާކުވެ ނިމިދާނެ،" ނިޒާރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިޚާބަށްފަހު އެމްޑީޕީއަށް މި ފަސް އަހަރުގެ ދައުރު ލިބުނު ނަމަ، އައްޑޫ ސިޓީއަށް ހީވެސް ނުކުރާ ފަދަ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އައްޑޫގައި ގާއިމްކުރަންޖެހޭ އަސާސީ ހުރިހާ ވަސީލަތްތަކެއް މެދުނުކެނޑި ކުރިއަށް ގޮސް ނިންމާލެވުނީސް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ރައްޔިތުންގެ ނިންމުމާއެކު ފާއިތުވި ދުވަސްތަކުގައި އައްޑޫ އޮތީ ހުސްކަމެއްގެ ތެރޭގައި ކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ކިބައިން އާދޭހާއެކު އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކޮށް، "ތިލަފަތަށް" ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ރައްޔިތުން ދެރަވާން ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
"އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ، ޚާއްސަކޮށް ލީޑަޝިޕް ޕީއެންސީއަށް ދީލާލައިފި ނަމަ، އަޅުވެތިކަމާއި ޚާއްސަކޮށް ތިޔަ ލޮބުވެތި ރައްޔިތުން ތަމްސީލުނުވާ ހުރިހާ ބަހުރުވައަކާއެކު ކައުންސިލް ހިނގަމުންދާނީ އެހެންވީމާ އެ ފުރުސަތު ނުދެއްވާ،" ނިޒާރު ވިދާޅުވިއެވެ.
މޭޔަރު ނިޒާރުގެ ވަނީ އަންނަ އޭޕްރީލް 4 ގައި އޮންނަ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު