ދިވެހިރާއްޖޭގެ ރިޔާސީ ދައުރެއް ފެށިގެން އަންނައިރު، ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ބަސްތަކެއް ބުނުމަކީ އާންމުކޮށް ފެންނަ މަންޒަރެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ކޮރަޕްޝަނާއި، ވައްކަމާއި، ފަސާދައާ ދެކޮޅަށް "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ފޮނި އުންމީދުތަކެއް ދެއްވާފައެވެ. ނަމަވެސް، ސަރުކާރުގެ ޢަމަލުތަކާއި ބަހާ ދިމާނުވާކަން ފާހަގަކުރެވެމުންދާއިރު، މި އިންޒާރުތަކަކީ ހަމައެކަނި ސިޔާސީ ސްޓަންޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ސިފަކުރައްވަމުންނެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމުގެ އެއްވެސް މައްސަލައެއް ހެއްކާއެކު އެމަނިކުފާނާ ހަމައަށް ގެނެސްފިނަމަ، އެކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި ކުޑަކޮށްވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ތެރެއިން ފަސާދައަށް އޮތް ހުރިހާ ދޮރުތަކެއް ބަންދުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ތަކުރާރުކޮށް ދެއްވިއެވެ. ނަމަވެސް، މި ވާހަކަފުޅުތަކުގެ އިޚްލާޞްތެރިކަމާމެދު މިއަދު ވަނީ ސުވާލު އުފެދިފައެވެ.
ރައީސް މިފަދަ އިންޒާރުތަކެއް ދެއްވަމުން ގެންދެވި ނަމަވެސް، މި ސަރުކާރުގެ ކުރު މުއްދަތުގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. ޚާއްޞަކޮށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަދަ ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިންގަމުންދާ ކަންކަމަކީ ކަންބޮޑުވާންޖެހޭ ކަންކަމެވެ.
އެޗްޑީސީގެ ތެރެއިން ބިންތައް ދޫކުރުމާއި، މަޝްރޫޢުތައް ހަވާލުކުރުމުގައި އުސޫލުން ބޭރުން ކަންތައްތަކެއް ހިނގަމުންދާ ކަމުގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިފަދަ މައްސަލަތަކުގެ ތަފްސީލުތައް މީޑިއާތަކުންނާއި އިދިކޮޅު ފަރާތްތަކުން ހާމަކުރަމުން ދިޔަ ނަމަވެސް، އެއްވެސް އިސް ފަރާތަކާ މެދު ފިޔަވަޅު އެޅިފައި ނުވުމަކީ ރައީސްގެ "ޒީރޯ ޓޮލަރެންސް" ސިޔާސަތަކީ ހަމައެކަނި ލިޔެފައި އޮތް ލަފުޒުތަކެއްކަން ހާމަވާ ކަމެކެވެ. މިއިން ދޭހަވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތައް މިއަދު ފެއިލްވެފައިވާ ކަމެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި، މި ސަރުކާރަކީ ކޮރަޕްޝަންގެ މައްޗަށް ބިނާވެފައިވާ ސަރުކާރެކެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި އާއި، ދައުލަތުގެ ބޮޑެތި ކޮންޓްރެކްޓްތައް ދިނުމުގައި ގާތްތިމާގެ މީހުންނަށާއި ސިޔާސީ ގޮތުން މަދަދުވެރިވި ފަރާތްތަކަށް އިސްކަންދޭކަމުގެ ތުހުމަތު ވަނީ އިތުރުވެފައެވެ.
އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ ރައީސް މުޢިއްޒު ދައްކަވާ ވާހަކަފުޅުތަކަކީ ހަމައެކަނި ބޭރުގެ އިންވެސްޓަރުންނާއި އާންމު ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށެވެ. ސަރުކާރުގެ އެތެރޭގައި ހިނގާ ވައްކަމާއި ފަސާދައިގެ މައްސަލަތައް ބަލަން ރައީސް މުޢިއްޒު ހަގީގަތުގައިވެސް ބޭނުންފުޅު ނުވާކަމަށެވެ.
ކޮރަޕްޝަނާ ދެކޮޅަށް ރައީސް މުޢިއްޒު ދެއްވާ އިންޒާރުތަކަކީ ހަމައެކަނި ދުލުން ބުނެލާ ބަސްތަކެއްގެ ގޮތުގައި ބެލުމުގެ ޖާގަ މިއަދު ވަނީ ބޮޑުވެފައެވެ. ސަބަބަކީ، ފެންނަން ހުރި ހެކިތަކާއެކު ހުށަހެޅޭ މައްސަލަތަކުގައި ވެސް ސަރުކާރުން "ހަނު" ތިބުމެވެ. ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވާ ފަރާތްތައް ހިމާޔަތްކުރަމުން، ކޮރަޕްޝަނާ ދެކޮޅު ވާހަކަ ދެއްކުމަކީ އިޚްލާޞްތެރިކަމެއް ނެތް ސިޔާސީ އުކުޅެކެވެ.
އެހެންކަމުން، ރައީސް މުޢިއްޒުގެ "ޒީރޯ ޓޮލަރެންސް" އަކީ ހަމައެކަނި މީހުންގެ ލޮލުގައި އަޅުވާ އަނދުނެއްކަމާއި، މިއީ ހުސް މޮޅެތި ވާހަކަތަކެއްކަން މިއަދު ދަނީ ސާބިތުވަމުންނެވެ. ކޮރަޕްޝަން ނައްތާލުމުގެ ބަދަލުގައި، ފެންނަމުންދަނީ ކޮރަޕްޝަންގެ އައު ދޮރުތަކެއް ހުޅުވި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެވެމުންދާ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު