ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި "ހަލާލް ޓޫރިޒަމް" ވައުދުފުޅާ ގުޅޭގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަޢުރޫފް ވިދާޅުވީ، ރަލާއި އޫރުމަސް ނުވިއްކާ ހިންގާ 10 ރިސޯޓަކުން ލިބޭ އާމްދަނީއަކުން، ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު 400 ޑޮލަރު ދޭނެ ކަމަށް ވިދާޅުވުމަކީ ބުއްދިއަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މަޢުރޫފްގެ ވާހަކަފުޅުގައި، ރައީސް މުއިއްޒު ކޮންމެ އިންތިޚާބަކާ ދިމާކޮށް އަދި ކޮންމެ ފޯރަމެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ދޮގު ހައްދަވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ ގައުމެއްގެ ވެރިއަކު މިފަދަ ގޮތަކަށް ތަކުރާރުކޮށް ދޮގު ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި "ދޮގުތައް" ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވެން އޮތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް "ނޫނެކޭ" ބުނެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ސަރުކާރުން މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، ކޮންމެ ދިވެހި ރައްޔިތަކީ އެ ތަންތަނުގެ ހިއްސާދާރަކަށް ހަދައި، ސީދާ ރައްޔިތުންގެ އެކައުންޓަށް ބޭރު ފައިސާ ޖަމާކުރަން ފަށާނެ ކަމަށް ރައީސް މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން، ހަމައެކަނި ސިޔާސީ މަންފާއަށް ދައްކާ ވާހަކައެކެވެ.

ކިޔުންތެރިންގެ ހިޔާލު