އެމްޑީޕީގެ ދެން އުފެދޭ ވެރިކަމެއްގައި މާލޭ ސަރަހައްދުން 48،000 މީހުންނަށް ގޯތި ހަމަޖައްސައިދޭނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިރޭ ވިދާޅުވެއްޖެއެވެެ.
އެމްޑީޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، އެމްޑީޕީގެ ދެން އުފެދޭ ވެރިކަމެއްގައި މާލޭ ސަރަހައްދުން 48،000 މީހުންނަށް ގޯތި ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ހަގީގަތަކަށް ވާނެ ކަމެއް ނޫން ކަމަށް ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، އެ ތަނުން ހިއްކަން ހަމަޖެހިފައިވަނީ 1،009 ހެކްޓަރުގެ ބިން ކަމަށްވީ ނަމަވެސް، އަހަރެއް ނިމިގެން ދިޔައިރު ހިއްކިފައިވަނީ އެންމެ 285 ހެކްޓަރުގެ ބިން ކަމަށެވެ.
"އޭގެ މާނައަކީ ވައުދާ އެއްގޮތަށް ހިއްކަން ބުނި ތަނުން އަހަރެއް ނިމިގެން ދިޔައިރު ހިއްކުނީ އެންމެ 27 އިންސައްތަ. ދެން ކިހިނެއްހޭ މިކަން ކުރާނީ؟ މިއަކީ ވާނެ ކަމެއް ނޫން،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ، ރަސްމާލެއަކީ ހިއްކައިގެން ރައްޔިތުންނަށް އުޅެވޭނެ ފަދަ ތަނެއް ނޫން ކަމަށާއި، މިހާރު ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ އެއްވެސް ރައްޔިތަކު އެ ތަންތަން ދޫކޮށްލައި، ރަސްމާލެއަށް ގޯތި ބަދަލުކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ގޮވާލަން, ތިބޭފުޅުންނަށް ހުޅުމާލެއިންނާ، ގުޅީފަޅުންނާ އަދި ގިރާވަރުފަޅުންނާ ލިބުނު ގޯއްޗެއް، މި ދައްކާ ހުވަފެނުގެ ތެރޭގައި ތިބޭފުޅުން ބަދަލު ނުކުރައްވާތި. މިއީ ތިބޭފުޅުންގެ ގޯތި ދަމައިގަންނަން ވެގެން ދައްކާ ވާހަކައެއް،" ޣަފޫރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ސަރުކާރުން ބުނެފައިވާ ގޮތަށް އަންނަ އަހަރަށް ބިން ހިއްކާ ނިންމުމަކީ މިހާރު މަސައްކަތް ހުރި ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ލިބިފައިވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކަމަށާއި އެގޮތުން އެމްޑީޕީގެ ވެރިކަމެއްގައި 48،000 ރައްޔިތުންނަށް މި ސަރަހައްދުން ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ޣަފޫރު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު