ރިޔާސީ ކޮމިޝަނެއް ހަދާނަމަ ހަދަން ޖެހެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮގުތައް ބަލާނެ ކޮމިޝަނެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފައިވާ ކަމަށެވެ.
އެހެންވެ މި މައްސަލައިގައި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރިޔާސީ ކޮމިޝަނެއް އުފައްދައި ކުރީ ސަރުކާރުގެ އެނިންމުން ނިންމުމުގައި ބައިވެރިވި ފަރާތްތަކުގެ ތަހުގީގެއް ކުރިއަށް ގެންދަން ނިންމާފައި ވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ ރިޔާސީ ކޮމިޝަނެއް ހަދަންޖެހޭ ނަމަ މިސަރުކާރުން ހަދަންޖެހެނީ މުއިއްޒުގެ ދޮގުތައް ބަލާނެ ކޮމިޝަނެއް ކަމަށެވެ. އެގޮތުން ހުސް ގޮނޑިއެއް ދައްކައިގެން ރައްޔިތުން ޖެއްސި ސްކޭމްގެ މައްސަލަ ބަލާނެ ކޮމިޝަނެއް އުފައްދަން ޖެހޭ ކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.
އެކްސްގައި ހިއްސާކުރި އިތުރު ޕޯސްޓެއްގައި މަލީހް ވިދާޅުވީ ރައީސް ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަތަކާއި ހަގީގަތާއި ދެމެދު 1 މޭލުގެ ފަރަގެއް ހުރި ކަމަށާއި، އެ ބަޔާނުގައި ބޮޑެތި ދޮގާއި އޮޅުވާލުން ހުރިކަމަށެވެ.
"އޭގެ ތެރޭގަ އެންމެ ބޮޑު ދޮގަކީ އައްޑޫ ޝަންގްރީލާ ރިސޯޓު ހުޅުވި ވާހަކަ. އެރިސޯޓުގަ ގެސްޓުން ނެތް. ޓޫރިޒަމް ހުއްދަ ދިނީ އުސޫލާއި ޚިލާފަށް." މަލީހް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު