ގައުމު އޮތީ ބަގުރޫޓްވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ޕެންޝަން ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒު މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުން ހިންގަން އުޅޭ މި ނުރަނގަޅު އަމަލުތަކާ ދެކޮޅު ހެއްދެވުމުގެ ގޮތުން ކަމަށެވެ.
އަދި ދައުލަތުގައި ފައިސާ ނެތްކަން އެންމެނަށް އެނގޭ އިރު، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަގީގަތް އޮޅުވާލައިގެން ކަންކަން ކުރަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން 2.4 ބިލިއަން ރުފިޔާގެ ބޮންޑަކަށް ޕެންޝަން އޮފީސް މެދުވެރިކޮށް އިންވެސްޓްކުރުވަން އުޅެނީ ފައިސާ ޗާޕުކުރުމުގެ ބޭނުމުގައެވެ. ރައީސް މުއިއްޒު ކުރިން ފައިސާ ޗާޕު ނުކުރާނެ ކަމަށް ވިދާޅުވެފައިވާތީ، މިހާރު އެކަން ކުރަން އުޅެނީ ޕެންޝަން ފަންޑުގެ ތެރެއިން އޮޅުވާލައިގެން ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ. މިގޮތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް ގެއްލުންވާނެ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ޕެންޝަން އޮފީހުގެ އިސް ބައެއް ބޭފުޅުން މީގެ ކުރިން ވެސް އިސްތިއުފާ ދެއްވާފައިވާކަން ފާހަގަކުރައްވައި، ޔާމީން ވިދާޅުވީ ތައުލީމީ އަދި ތަޖުރިބާކާރު ބޭފުޅުން އެ މަގާމުތަކުން ދުރަށް ދަނީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ކަމަށެވެ. ދައުލަތުގެ މާލީ ހާލަތު ގޯސްވެ، ބޭރުން ލޯނު ނުލިބުމާއި ޓީ-ބިލް ވިއްކައިގެން ފައިސާ ހޯދޭނެ އިތުރު މަގުތައް ބަންދުވެފައިވުމުން، ސަރުކާރުން މިހާރު އުޅެނީ ރައްޔިތުންގެ ޕެންޝަން ފައިސާއަށް އަތްބާނަން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު