ހުޅުމާލޭގެ އިމާރާތެއްގައި ހުރި ގުދަނެއްގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 25 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި، ހުޅުމާލޭ ޗަނބޭލީމަގު 5 ވަނަ ގޯޅިތެރޭގައި ހުންނަ ހަ ފްލޯގެ އިމާރާތެއް ކަމަށްވާ ލޮޓް ނަމްބަރު 11154 ގައި ކަމަށެވެ. އަލިފާން ރޯވެފައިވަނީ އެ އިމާރާތުގެ އެންމެ ތިރީ ފްލޯގައި ހަދާފައި ހުރި ގުދަނެއްގައެވެ.
އެންޑީއެމްއޭ އިން މިއަދު މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ކަރަންޓު ޕެނަލް ހަލާކުވެ، މުޅި އިމާރާތުން ވަނީ ކަރަންޓު ކެނޑިފައެވެ. އެހެންކަމުން، އެ އިމާރާތުގެ 3 އެޕާޓްމަންޓެއްގައި ދިރިއުޅެމުންދިޔަ 25 ދިވެހިންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އިދާރާގެ ފަރާތުން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިއީ ހުޅުމާލޭގައި މިދިޔަ ދެދުވަހުގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 5 ގެ ވައިގޮޅީގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންވެސް ޖުމްލަ 30 އެޕާޓްމަންޓަކުން 140 މީހަކަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު