ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން 7 ގެ ސެމީ ފައިނަލުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ވާދޫ 1-3 ގެ ނަތީޖާއަކުން ބަލިކޮށް، ގއ. ދެއްވަދޫ އިން ހުވަދު އަތޮޅުގެ ރަސްކަން ހޯދައިފިއެވެ. މިއީ ދެއްވަދޫގެ ތާރީޚުގައިވެސް މި މުބާރާތުގެ ޒޯން ފައިނަލަށް އެ ރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްވަދޫއިން ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. ދެއްވަދޫއިން މެޗުގެ ކޮންޓްރޯލް ހޯދައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ދެވަނަ ހާފުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ކެޕްޓަން އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި އެޕީލްތައް ގިނަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފަހުކޮޅު ވާދޫއިން ވަނީ ގޯލެއް ޖަހައި އުންމީދު އާކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝައުފް އެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ދެއްވަދޫ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ޝައުފް އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
ދެއްވަދޫއިން މެޗުގެ ނަތީޖާ ކަށަވަރުކުރީ މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށެވެ. ކީޕަރުގެ ބޯމަތިން ބޯޅަ އޮއްސާލައިގެން މި ރީތި ގޯލު ކާމިޔާބުކުރީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. މި ތާރީޚީ މޮޅާއެކު ދެއްވަދޫ ޒޯން ފައިނަލަށް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ބައްދަލުކުރާނީ ސ. ހިތަދޫއާ އެވެ.

ކިޔުންތެރިންގެ ހިޔާލު