އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަންގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެޤައުމުގެ ވެރިކަންކުރާ، ކޮންޒަވޭޓިވް ޕާޓީން ބުނެފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކޮންޒަވޭޓިވް ޕާޓީގެ ޗާންސެލަރ، ރިޝީ ސުނާކް ވިދާޅުވެފައި ވަނީ، ބޮޑުވަޒީރަށް އަދިވެސް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށާއި، ނަމަވެސް މިހާރު ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ބަލި އިތުރަށް ގޯސްވެދާނެ ކަމުގެ ނިޝާނެއް ފެންނަމުން ނުދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބޮޑުވަޒީރުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން. އެހެން ނަމަވެސް އަދިވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި. ބޮރިސް ގެންދަވަނީ ވައިރަސް އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ސިއްޙީ އޮފިޝަލުންގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރައްވަމުން. އަދި ބޮރިސްގެ ހާލުކޮޅު އިތުރަށް ގޯސްވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޑޮކްޓަރުން ދަނީ ކުރަމުން،" ރިޝީ ސުނާކް ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު، ބޮރިސް އަށް ކޯވިޑް-19 ޖެހިގެން އައިސީޔޫގައި ފަރުވާދެމުންދާތާ ދެދުވަސްފަހުން އޭނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަން ކޮންޒަވޭޓިވް ޕާޓީން ހާމަކޮށްފައިވީނަމަވެސް، އިނގިރޭސިވިލާތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 5491 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މި ބަލީގައި ފަރުވާދެމުން ދިޔަ މީހުންގެ ތެރެއިން އިއްޔެ އެކަނިވެސް 938 މީހަކު މަރުވެފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 60733 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7097 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން