ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން އަންނަ 5،000 ރުފިޔާގެ އެލަވަންސް ދިނުމަށް ގެންނަން އުޅޭ ބަދަލުތަކަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ، ދޮށީ އުމުރުގެ މީހަކަށް އާމްދަނީގެ ގޮތުގައި އެންމެ 1،000 ރުފިޔާ އިތުރަށް ލިބުނު ކަމުގައި ވީނަމަވެސް، އެމީހަކަށް ލިބޭ އެލަވަންސް ކުޑަވެގެންދާ ގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ އެކަން ވާންޖެހޭނެ ގޮތް ނޫން ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ހަމައެއާއެކު، ޣަފޫރު މިއަދު ވަނީ، ސަރުކާރުގެ ވަޒީފާތަކުން ރިޓަޔާ ކުރުމުން ލިބޭ ޕެންޝަނާ ގުޅިގެން ދޮށީ އުމުރުގެ އެލަވަންސް އުނިވާ ގޮތަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙާށްވެސް އަލިއަޅުއްވާ ލަށްވާފައެވެ.
އެކަމާގުޅިގެން ޣަފޫރު ވިދާޅުވީ، ވަޒީފާއިން ރިޓަޔާ ކުރުމުން ލިބޭ 3،000 ރުފިޔާގެ ސަބަބުން، 65 އަހަރު ފުރުުމުން ލިބޭ 5،000 ރުފިޔާގެ އެލަވަންސުން އެ މިންވަރު އުނިކޮށް، ޖުމުލަ އެކުވެސް ލިބެނީ 5،000 ރުފިޔާ ކަމަށް ވުމަކީ ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރާ ފަރާތްތަކަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި ދަޢުލަތަށް ޚިދުމަތް ކޮށްފައި ރިޓަޔާ ކުރާ މީހާއަށް އެލިބޭ ފައިސާއަކީ އޭނާގެ ހައްގެއް ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.
ހަމައެއާއެކު ޣަފޫރު ވިދާޅުވީ، މަހަކު 15،000 ނުވަތަ 20،000 ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭ ފަރާތްތަކަށް 65 އަހަރު ފުރުުމުން ލިބޭ 5،000 ރުފިޔާގެ އެލަވަންސް ލިބުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރެއްވި ނަމަވެސް، މަދު ފައިސާކޮޅެއް ލިބޭ މީހުންގެ އަތުން އެލަވަންސް އުނިކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ ޕެންޝަން ކަނޑާލަން ޤާނޫނަށް އިސްލާހެއް ގެންނަން ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު