ގާޒާ
ގާޒާ
ޓެސްޓް ކިޓްތައް ހުސްވުމާއި ގުޅިގެން ގާޒާގައި ކޯވިޑް-19 ވައިރަހަށް ޓެސްޓުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.

ގާޒާގެ ހެލްތް މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކި އަޝްރަފް އަލް-ޤިދްރާ ވިދާޅުވީ އެމީހުންގެ ސެންޓްރަލް ލެބޯރެޓްރީގައި ޓެސްޓުކުރުން މެދުކެނޑިފައިވާ މަށާއި ކޮރޯނާ ވައިރަހަށް ޓެސްޓުކުރަން ބޭނުންކުރާ އެންމެ ޓެސްޓް ކިޓެއްވެސް މިވަގުތު ނެތްކަމަށެވެ. ގާޒާގެ ހެލްތު މިނިސްޓްރީ ހިންގަނީ ހަމާސް ޖަމާއަތުންނެވެ.

އަލްޤިދްރާ އިތުރަށް ވިދާޅުވީ އެތައް ބައެއްގެ ސާމްޕަލްތައް ޓެސްޓު ނުކުރެވި އެބަހުރިކަމަށާއި، ނަތީޖާއެއްގެ ގޮތުން އެފަރާތްތަކުން ޖެހޭނީ ކަރަންޓީނުގައި މަޑުކުރަންކަމަށެވެ. ހަމައެއާއިއެކު، ފަރުވާއަށް ބޭނުންވާ ބައެއް ޒަރޫރީ ސާމާނުގެ ދަތިކަން ދިމާވެފައިވާކަން ފާހަގަކުރައްވައި ވާހަކަދައްކަވަމުން އަލްޤިދްރާ ވިދާޅުވީ މި ސާމާނު ނުލިބޭނަމަ އެތާގައި އުޅޭ 2 މިލިއަން ރައްޔިތުންގެ ތެރޭގައި ވަރަށް ފަސޭހައިން މި ބަލި ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.

ގަޒާއަށް ކޯވިޑް-19ގެ ޓެސްޓް ކިޓްގެ އިތުރަށް 100 ވެންޓިލޭޓަރާއި، އައިސީޔޫގައި ބޭނުންކުރުމަށް 140 އެނދު ފޯރުކޮށްދިނުމަށް އަލްޤިދްރާވަނީ ބައިންލްއަޤްވާމީ ޖަމިއްޔާތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން