އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ވޯޓު ލެވޭ 21000 މީހުންގެ ތެރެއިން މިއަދު މެންދުރު އެކަކާއި ހަމައަށް ވޯޓުލީ އެންމެ 6000 މީހުންނެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ މިއަދު ހެނދުނު 9:00 އިން ހަވީރު 16:00 އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. މި އިންތިޚާބަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމުލަ 46 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 21،000 އެއްހާ މެންބަރުންނަށް ލިބިގެންވެއެވެ.
ޕީއެންސީ ޕްރައިމަރީގައި، މާލޭގައި ވޯޓުލުން ކުރިއަށްދަނީ އިސްކަންދަރު ސްކޫލުގައެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުންނަށް މާލޭގައި ވޯޓުލެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމުން، ވޯޓުލާ މީހުންގެ ނިސްބަތް މަދުވެދާނެ ކަމަށް ލަފާކުރެވެއެވެ.
މި ޕްރައިމަރީގައި ޖުމުލަ 308 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ގޮނޑިތަކަށް ވާދަކުރާ 183 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ 121 ކެންޑިޑޭޓުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ހިސާބުތައް ދައްކާގޮތުން 68،665 މެންބަރުންނާއެކު ޕީއެންސީއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 4 އޭޕްރިލް 2025 ގައެވެ.

ކިޔުންތެރިންގެ ހިޔާލު