އައްޑޫ ސިޓީ ކައުންސިލްގައި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވި މުޝްރިފް އަލީ
އައްޑޫ ސިޓީ ކައުންސިލްގައި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވި މުޝްރިފް އަލީ
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ނިންމެވި ޑރ. އަހުމަދު އަދީލު ނަސީރު ނަން ނެންގެވުމުން، ޕީއެންސީގެ ޓިކެޓު މުޝްރިފް އަލީއަށް ކަށަވަރުވެއްޖެއެވެ.

އަދީލް ނަން ނެންގެވުމާއި ގުޅިގެން މިއަދު ކުރިއަށްދާ ޕީއެންސީ ޕްރައިމަރީގައި އަައްޑޫސިޓީ މޭޔަރު ކަމަށް ވޯޓުލުން ކުރިއަށް ނުގެންދެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދީލް ނަން ނެންގެވީ ޕީއެންސީގެ ލީޑަރޝިޕުން އެކަމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.

އެކަމާގުޅިގެން މީސްމީޑިއާގައި އިއްޔެ އަދީލް ވިދާޅުވީ، އައްޑޫ ސިޓީގެ ހާލަތު ބަދަލުކުރުމަށް އައްޑޫ ރައްޔިތުން ތިބީ ކެއްމަދުވެފައި ކަމަށާއި، ނަމަވެސް މިވަގުތު މިންވަރު ކުރެއްވިގޮތާމެދު ހަމްދުކުރާ ކަމަށެވެ.

"އަޅުގަނޑަށް ތާއީދުކުރަށްވާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރަން. އަދި އެންމެހާ ރައްޔިތުންނާއެކު އައްޑޫގެ ތަރައްގީގެ މަސައްކަތުގައި އަޒުމު ވަރުގަދަކޮށް އަޅުގަނޑު ދެމިހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަން." އަދީލް ވިދާޅުވެފައިވެ އެވެ.

އަދީލް ނަން އަނބުރާ ނެންގެވުމުން ޕީއެންސީގެ ޓިކެޓު މުޝްރިފް އަލީއަށް ވަނީ ކަށަވަރުވެފަ އެވެ. މުޝްރިފް އަލީއަކީ ކޮމްޕިއުޓަރު ސައިންސުގެ ދާއިރާއިން ބެޗެލާސް އަދި މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ، އައްޑޫ ސިޓީ ކައުންސިލުގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރަށްވާފައެވެ.

ސިޔާސީ މައިދާނުގައި އަދީލްގެ ނަން ފުރަތަމަ ފެނުނީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ރަނިން މޭޓެއް ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު